ސަލްމާންގެ ޓައިގާ-3 އަންނަ އަހަރުގެ ޢީދުގައި

ސަލްމާންގެ ޓައިގާ-3 އަންނަ އަހަރުގެ ޢީދުގައި

Author
ފާތިމަތު ނާވީ
18 އޮގަސްޓް 2022 07:45
0

ސަލްމާން ޚާން ޖާސޫސީ އެޖެންޓެއްގެ ރޯލް ކުޅޭ ފްރެންޗައިޒް "ޓައިގާ"ގެ ތިން ވަނަ ފިލްމު "ޓައިގާ 3″ އަޅުވާ ދުވަސް އިއުލާން ކޮށްފިއެވެ.

ޢީދާއި ދިމާކޮށް އަބަދުވެސް ފިލްމު ނެރޭ ސަލްމާންގެ ފިލްމެއް މިއަހަރުގެ އީދުގައި ނުނެރެއެވެ. ނަމަވެސް ކުރިއަށް އޮތް 2023 ވަނަ އަހަރުގެ ޢީދާ ދިމާކޮށް ޓާއިގާ 3 ނެރޭނެ ކަން ސަލްމާން ވަނީ އިއުލާން ކޮށްފައެވެ.

ސޯޝަލް މީޑިއާގައި ހިއްސާ ކުރި ވީޑިއޯއެއްގައި ވާގޮތުގައި ސަލްމާނާއި ކެޓްރީނާ ކައިފް ލީޑުން ފެނިގެންދާ "ޓައިގާ-3″ ރިލީޒްކުރާނީ އަންނަ އަހަރުގެ އޭޕްރީލް 21 ގައެވެ.

ފިލްމްގެ ޓީޒާ އާންމު ކުރިއިރުގައި މީގެ ކުރިން ގެނެސްފައިވާ މި ފްރެންޗައިޒްގެ ބައެއް މަންޒަރުތަށް އަހަރާއި އެކުގައި ހިމަނާފައި ވެއެވެ.

ހިންދީ، ތަމަޅަ އަދި ތެލޫގޫ ބަހުންނެރޭ "ޓައިގާ3″ ގެ ޑައިރެކްޓަރަކީ މަނީޝް ޝަރްމާއެވެ. މި ފިލްމުގެ ޝޫޓިންތައް ކުރިއަށް ގެންދިޔައީ ތުރިކީ އާއި ރަޝިއާ އަދި އޮސްޓްރިއާގަ އެވެ. ފިލްމުން އިމްރާން ހާޝިމީ ވެސް ފެންނާނެއެވެ.

ޓައިގާ-3 އަކީ 2012 ވަނަ އަހަރު ނެރުނު "އޭކް ތާ ޓައިގާ"ގެ ބައެކެވެ. އެންމެ ފުރަތަމަ ބައި ޑައިރެކްޓްކުރީ ކަބީރު ޚާން އެވެ. އޭގެ ފަހުން 2017 ގައި ޓައިގާ ޒިންދާހޭ ނެރުނުއިރު އެ ފިލްމު ޑައިރެކްޓްކުރީ އަލީ އައްބާސް ޒަފަރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.