ޝުޖާއު މަޚްލޫފަށް: އިންތިޚާބުން މޮޅުވިއަސް، ތިއީ ހަމަ ލާދީނީ ކަންކަމަށް ހިތްވަރުދޭ ޕާޓީއެއް!

ޝުޖާއު މަޚްލޫފަށް: އިންތިޚާބުން މޮޅުވިއަސް، ތިއީ ހަމަ ލާދީނީ ކަންކަމަށް ހިތްވަރުދޭ ޕާޓީއެއް!

ގުޅުންހުރި

އެމްޑީޕީއަކީ ލާދީނީ ކަންކަމަށް ހިތްވަރުދޭ ޕާޓީއެއްކަމަށް ވިދާޅުވެ ޕީއެންސީގެ ނާއިބު ރައީސް އަދި މާލެ ސިޓީ ކައުންސިލްގެ ހުޅުމާލޭ ދާއިރާގެ ކައުންސިލަރ އިބްރާހީމް ޝުޖާޢު، ޔޫތު މިނިސްޓަރ އަޙްމަދު މަޚްލޫފަށް ރައްދު ދެއްވައިފިއެވެ.

އިއްޔެ ބޭއްވި ތ.ގާދިއްފުއްޓާއި މ.ދިއްގަރު ދާއިރާގެ ބައި އިލެކްޝަން އެމްޑީޕީން ކާމިޔާބު ކުރެވުމާއި ގުޅިގެން މިނިސްޓަރ މަޚްލޫފް ވަނީ ލާދީނީއަށް ގޮވާ، ފާހިޝް ކަންކަން ފަތުރާ ބަޔަކަށްހަދާ އަދި ތަފާތު ގިނަ އިލްޒާމުތައް އެބައިމީހުން ގެންދަނީ އަޅުވަމުންކަމަށާއި، އެއީ ސިޔާސީ ބޭނުމުގަ ދައްކާވާހަކަކަން ރައްޔިތުންނަށް މިއަދު ސާފުކަމަށް ވިދާޅުވެފައެވެ.

އެ ވާހަކަފުޅަށް ރައްދު ދެއްވާ ޝުޖާޢު ވިދާޅުވީ، އެމްޑީޕީއަކީ ލާދީނީ ކަންކަމަށް ހިތްވަރުދޭ ޕާޓީއެއް ކަން ރައްޔިތުންގެ ކުރިމަތީ ދަނީ ފެންނަމުންކަމަށެވެ. އިންތިޚާބަށް 2 ދުވަސްތެރޭ 15 ސިޔާސީ ވަޒީފާ އުފައްދައި، އިންތިޚާބަށް ނުފޫޒު ފޯރުވައިގެންވެސް ދިއްގަރުން ފަރަގު ކުރަން ބޭނުންވި 150 ވޯޓް ފަރަގު ކުރެވުނުތޯ ޝުޖާ ސުވާލުކުރެއްވިއެވެ. އަދި ގާދިއްފުށި ލިބުނީ ހަމަ ކިރިޔާކަމަށާއި، ނަތީޖާއިން މޮޅުވި ނަމަވެސް މާޒީގެ ތަފާސް އަށް ބަލާއިރު ލާދީނީ ކަމާއި،ފާހިޝް އަމަލުތަކަށް އެމްޑީޕީން ދިން ތަރުހީބުން ރައްޔިތުންގެ ތާއީދު ދިޔައީ ދަށަށްކަމަށް ޝުޖާޢު ވިދާޅުވިއެވެ.

އިއްޔެ ބޭއްވި ދެ ބައި އިލެކްޝަން ވަނީ އެމްޑީޕީން ކާމިޔާބުކޮށްފައެވެ. މި ކެމްޕެއިންގައި އިސްކޮށް އެމްޑީޕީން އުޅުއްވީ ޔޫތު މިނިސްޓަރ އަޙްމަދު މަޚްލޫފެވެ.

ބައި އިލެކްޝަންގައި ތ. ގާދިއްފުށީ ކައުންސިލްގެ ގޮނޑި ކާމިޔާބު ކޮށްފައިވަނީ އެމްޑީޕީގެ ޓިކެޓްގައި ވާދަކުރި ޒުލައިޚާ އަހުމަދެވެ. އޭނާއަށް 210 ވޯޓު ލިބުނުއިރު އޭނާއި އެންމެ ގާތުން ވާދަކުރި ހައްވާ އަބުދުލް ހާދީއަށް ލިބިފައިވަނީ 201 ވޯޓެވެ.

މ. ދިއްގަރު ކަންސިލުން ހުސްވެފައިވާ ގޮނޑީގެ ބައި އިލެކްޝަން އެމްޑީޕީން ވާދަކުރި ކެނޑިޑޭޓް އަބުދުﷲ އާރިފް ކާމިޔާބު ކޮށްފައިވަނީ 375 ވޯޓުންނެވެ. އޭނާއި ވާދަކުރި ޕީޕިއެމްގެ އަބުދުލް ހަންނާން އަހުމަދަށް ލިބުނޫ 325 ވޯޓެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ