އަބަދުވެސް އުނދަގޫ ހާލަތްތަކުގައި އެކަތިގަނޑަކަށްވެ އަހަރަމެން ކާމިޔާބު ހޯދަން: އިވާނީ

އަބަދުވެސް އުނދަގޫ ހާލަތްތަކުގައި އެކަތިގަނޑަކަށްވެ އަހަރަމެން ކާމިޔާބު ހޯދަން: އިވާނީ

ގުޅުންހުރި

އުނދަގޫހާލަތްތަކުގައި އަބަދުވެސް އިޓަލީ އެކެތިގަނޑަކަށްވެ ކާމިޔާބުހޯދާ ކަމަށް އިޓަލީގެ އެސިސްޓެންޓް ކޯޗު އަލްބެރިކޯ އިވާނީ ބުނެފިއެވެ.

ނޭޝަންސް ލީގުގައި މިރޭ ގުރޫޕްގެ ފަހު މެޗުގައި ބޮސްނިޔާ ދެކޮޅަށް ނުކުތުމުގެ ކުރިން ވާހަދައްކަމުން އިޓަލީގެ ކޯޗުކަމުގެ ވަގުތީ ޒިންމާއާ ހަވާލުވެހުރި އިވާނީ ބުނީ ބޮސްނިޔާ ހުރިހާ ގޮތަކުން ވެސް ތަފާތު ޓީމެއްކަމަށާއި އެޓީމުގެ ފަރާތުން އުނދަގޫކުރިމަތި ވާނެކަމަށެވެ. އޭނާ ބުނީ މިމެޗުގައި ވަކިތަފާތު ގޮތަކަށް ތައްޔާރުނުވާނެކަމަށާއި މިމެޗުގައި ވެސް ނުކުންނާނީ އެހެންމެޗުތަކެކޭ އެއްގޮތަކަށް އެޓޭކިން ފުޓްބޯޅައެއް ކުޅެ މޮޅުވާންކަމަށެވެ. މިވަގުތު ކޯވިޑަށް ޕޮޒިޓިވް ޓީމާ އެކަހެރިކޮށް ހުރި އިޓަލީގެ ކޯޗު ދެއަހަރުތެރޭގައި ވަރަށް ބުރަކޮށް ޓިމު މިހިސާބަށް ގެނުއުމަށް ބުރަ މަސައްކަތެއް ކުރިކަމަށް އިޓަލީގެ އެސިސްޓެންޓް ކޯޗު ވަނީ ބުނެފައެވެ.

އަހަރަމެންނަކީ އަބަދަުވެސް އުނދަގޫ ހާލަތްތަކުން އެކުވެ ތިބެ ކާމިޔާބު ހޯދާބައެއް، ތާރީހުން އެކަން ހެކިދޭ އެހިއްވަރު އަހަރުމެންގެ ކުޅުންތެރިންގެ ހުންނާނެ އެއީ އަހަރަމެންގެ ސަގާފަތެއް.

– އިޓަލީގެ އެސްސިޓެންޓް ކޯޗު ބުނެފައިވެއެވެ.

ފައިނަލް ބުރުން ޖާގަ ހޯދުމުގެ ފުރުސަތު ތިން ޓީމަކަށް އެބައޮތެވެ. ކޮންމެ ޓީމެއް ފަސް މެޗު ކުޅެފައިވާއިރު، އިޓަލީ އެއް ވަނައިގައި އޮތީ ނުވަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ނެދަލެންޑްސް އަށް އަށް ޕޮއިންޓް ލިބިފައިވާއިރު، ޕޮލެންޑް ތިން ވަނައިގައި އޮތީ ހަތް ޕޮއިންޓާ އެކު އެވެ. ފުލުގައި އޮތް ބޮސްނިއާ އަށް ވަނީ ދެ ޕޮއިންޓް ލިބިފަ އެވެ.

މިރޭ ކުޅޭ މި ގްރޫޕްގެ ފަހު މެޗުތަކުގައި ރަށުންބޭރުގައި އިޓަލީ ކުޅޭނީ ބޮސްނިއާ އެވެ. އަދި ޕޮލެންޑް އަމިއްލަ ދަނޑުގައި ނެދަލެންޑްސްއާ ބައްދަލުކުރާނެ އެވެ. މިހާރު ބޮސްނިޔާ ވަނީ މިގުރޫޕުން ލިގް ބީ އަށް ރެލިގޭޓްވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *