created by dji camera

މޫދަށް ކުނިއަޅާ ކަމަށްބުނެ 45،000 ރުފިޔާއިން ތުލުސްދޫ ކައުންސިލް ޖޫރިމަނާކޮށްފި

މޫދަށް ކުނިއަޅާ ކަމަށްބުނެ 45،000 ރުފިޔާއިން ތުލުސްދޫ ކައުންސިލް ޖޫރިމަނާކޮށްފި

މޫދަށް ކުނިއަޅާތީ 45000 ރުފިޔާއިން ތުލުސްދޫ ކައުންސިލް ޖޫރިމަނާކޮށްފިއެވެ.

އެންވާރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީ.ޕީ.އޭ)އިން ނެރުނު ބަޔާނެއްގައި ވަނީ، ތުލުސްދޫ ކައުންސިލުން ކާބޯތަކެތީގެ ކުނިއަޅާ ޑަސްބިންތަކުގައިވާ ކުނިތައް މޫދަށް އަޅަމުންދަނީ ކުނިމެނޭޖު ކުރުމާބެހޭ ޤަވާއިދާ ކަނޑައެޅިގެން ޚިލާފަށްކަމަށެވެ.

އެހެންކަމުން ތުލުސްދޫގެ ކުނިއަޅާ ޑަސްބިންތަކުގައިވާ ކުނިތައް މޫދަށް އެޅުން ވަގުތުން ހުއްޓާލަން އީޕީއޭއިން ވަނީ އަންގަވާފައެވެ. އެރަށު ކައުންސިލް އިދާރާގެ މައްޗަށް އަޅާ ފިޔަވަޅެއްގެ ގޮތުގައި މިމަހުގެ 10ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ރަށު ފެންވަރުގައި ކުނި މެނޭޖްކުރުމުގެ ޕްލޭން ތައްޔާރުކޮށް ހިއްސާކުރުމަށް ވެސް އީޕީއޭއިންވަނީ އަންގަވާފައެވެ.

މީގެ އިތުރުން ކުނި މެނޭޖުކުރުމުގެ ޤަވާޢިދާ ޚިލާފަށް ކުނި މެނޭޖުކުރުމުގެ މަސައްކަތް ކޮށްފައިވާތީ 45000 ރުފިޔާ ޖޫރިމަނާގެ ގޮތުގައި ދެއްކުމަށް ވެސް އީޕީއޭއިން ވަނީ އެރަށު ކައުންސިލަށް އަންގަވާފައެވެ.

އީޕީއޭއިން ވަނީ މި ޖޫރިމަނާގެ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް ވެސް އަންގާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *