"ނަޗް ބަލިޔޭ" ހުށައަޅައިދޭނީ ޕްރިންސާއި ޔޫވިކާ

"ނަޗް ބަލިޔޭ" ހުށައަޅައިދޭނީ ޕްރިންސާއި ޔޫވިކާ

Author
ފާތިމަތު ނާވީ
13 އޮގަސްޓް 2022 04:17
0

ސްޓާ ޕްލަސް އިން ގެނެސްދޭ ޑާންސް ޝޯ "ނަޗް ބަލިޔޭ"ގެ 10 ވަނަ ސީޒަންގެ ހޯސްޓުންނަކީ ޕްރިންސް އާއި ޔޫވިކާ ޗައުދަރީ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

"ނަޗް ބަލިޔޭ"ގެ ޕްރޮޑިއުސަރަކީ ސަލްމާން ޚާނެވެ. އާ ސީޒަންގެ ހޯސްޓުންގެ ގޮތުގައި ސަލްމާން ބޭނުންވީ މަޝްހޫރު ޖޯޑެކެވެ. މިދިޔަ އަހަރު ގެނެސްދިން "ނަޗް ބަލިޔޭ" ސީޒަން 9 ވެސް ޕްރޮޑިއުސްކުރީ ސަލްމާން ޚާނެވެ. އަދި ޝޯގެ ޖަޖުންގެ ގޮތުގައި ބައިވެރިވީ ކޮރެއޮގްރާފަރ އަދި ޑައިރެކްޓަރ އެހެމަދު ޚާނާއި ބަތަލާ ރަވީނާ ޓަންޑަނެވެ.

 

View this post on Instagram

 

A post shared by YuvikaChaudhary (@yuvikachaudhary)

މި ޝޯގެ އެންމެ ފަހު ސީޒަން ކުރިޔަށް ދިޔައީ ޖުލައި 2019 އިން ނޮވެމްބަރު 2019 އަށެވެ. އެ ސީޒަން ކާމިޔާބުކުރީ ޕްރިންސާއި ޔޫވިކާ އެވެ. ޕްރިންސް އާއި ޔޫވިކާ ބައްދަލުވީ 2015ގައި ދެއްކި ރިއަލިޓީ ޝޯ "ބިގް ބޮސް 9″ ގައި ބައިވެރިވެ، ބިގް ބޮސްގެ ގެއިންނެވެ. އެ ޝޯ ނިމުނުއިރު ދެ މީހުން އުޅެނީ ރައްޓެހިވެގެންނެވެ. އަދި 2018 ގައި އެމީހުން ވަނީ ކައިވެނިކޮށްފަ އެވެ.

 

View this post on Instagram

 

A post shared by @princenarula

އޮކްޓޫބަރު މެދެއްހާ ހިސާބުގައި ފަށަން ހަމަޖެހިފައިވާ "ނަޗް ބަލިޔޭ 10″ގެ ފަނޑިޔާރުންނަކީ ކޮރެއޮގްރާފަރުން ކަމަށްވާ ޓެރެންސް ލުވިސް އާއި ވައިބަވީ މާޗެންޓް އަދި ބަތަލާ ކަރިޝްމާ ކަޕޫރެވެ.

 

View this post on Instagram

 

A post shared by @princenarula

"ނަޗް ބަލިޔޭ" އަކީ ކައިވެނިކޮށްގެން ނުވަތަ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ޖޯޑުތައް ބައިވެރިކޮށްގެން ކުރިއަށް ގެންދާ ވަރަށް މަގުބޫލު ޝޯއެކެވެ. މިއީ ސްޓާ ޕްލަސް އިން 2005 ގައި ގެނެސްދޭން ފެށި ޝޯއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

K Kappi
ނަޗް ބަލިޔޭ 9 ޕްރޮޑިއުސް ކުރީ ސަލްމާން އެކަކުން އަށަކަށް ޕްރޮޑިއުސް ކުރީ ސަލްމާނެއް ނޫން .ragalha balaafa liye laa google serch kollee ma ves engey ne