އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ކަނޑައަޅާނީ ޕްރައިމަރީއަކުން: ވަހީދު

އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ކަނޑައަޅާނީ ޕްރައިމަރީއަކުން: ވަހީދު

Author
މުޙައްމަދު ޝަޒައިމް
10 އޮގަސްޓް 2022 08:35
0

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރާނެ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކަނޑައަޅާނީ ޕްރައިމަރީއަކުން ކަމަށް އެޕާޓީން ބުނެފިއެވެ.

އެމްޑީޕީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 19 ވަނަ ދުވަހު ސޯޝަލް ސެންޓަރުގައެވެ. މިމަހުގެ 19 ގައި ސޯޝަލް ސެންޓަރުގައި ބާއްވާ އެމްޑީޕީގެ ކޮންގްރެސްގައި ކުރިއަށްދާނެ ކަންކަމުގެ ތެރޭގައި އެމްޑީޕީގެ އަސާސީ ގަވާއިދަށް އިސްލާހު ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ދިނުން ހިމެނެއެވެ. އަދި ކުރިއަށް އޮތް ތަނުގައި އެމްޑީޕީން ހަރަކާތްތެރިވާނެ ގޮތުގެ ހުށަހެޅުންތައް ހުށަހެޅުންވެސް ކޮންގްރެސްގައި ކުރިއަށްދާނެއެވެ.

އެމްޑީޕީގެ ކޮންގްރެސްއާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ކޮންގްރެސް ކޮމިޓީގެ މުޤައްރިރު އަދި އެޕާޓީގެ ޗެއާޕާސަންގެ ނައިބު އިދާރީ އިބްރާހީމް ވަހީދު ވިދާޅުވީ ކޮންގްރެސްއަށް، ރިޔާސީ ޓިކެޓް ދިނުމާ ބެހޭ އެއްވެސް އިސްލާހެއް ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި މިފަހަރުގެ ކޮންގްރެސްއަށް އެފަދަ ކަމެއް ހުށަހެޅުމުގެ ފުރުސަތުވެސް މިހާރު ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

އަަޅުގަނޑަށް ހީވާ ގޮތުން ހުރިހާ ބޭފުޅުން ވެސް އަސާސީ ގަވައިދާ ބެހޭ ގޮތުން ކޮންސާނަކަށް ވަނީ ރިޔާސީ ޓިކެޓް. އެކަހަލަ އެއްވެސް ކަމެއް ނެތް އެނގޭތޯ. އެއްވެސް ބޭފުޅަކު އިސްލާހެއް ހުށަހަޅާފައެއް ނެތް އެގޮތަކަށް،.

– އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.

އިބްރާހިމް ރަޝީދު ވިދާޅުވީ ކޮންގްރެސްއަށް ހުށަހެޅުމަށްޓަކައި އަސާސީ ގަވާއިދަށް މައިގަނޑު ގޮތެއްގައި ހުށަހަޅާފައި ހުރީ ޕާޓީ ހިންގަން ފަސޭހަކުރުމަށްޓަކައި ގެންނަ އިސްލާހުތަކެއް ކަަމަށެވެ. އަދި އަސާސީ ގަވައިދުގައި އޮޅުން އަރާ ގޮތަށް ހުރި ބައެއް ކަންތައްތައް ރަނގަޅުކުރަންވެސް އިސްލާހުތައް ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.

ވަހީދު ވިދާޅުވީ ޕްރައިމަރީއަކާ ނުލައި ރިޔާސީ ޓިކެޓް ދިނުމުގެ ބާރު އެމްޑީޕީގެ ގައުމީ މަޖިލީހަށް ވެސް ނޯންނާނެ ކަމަށެވެ. އެހެންކަމުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ، އަސާސީ ގަވާއިދު ބުނާގޮތުން ރިޔާސީ ޕްރައިމަރީގެ ކަންތައް ކުރިއަށްގެންދާނީ ގައުމީ މަޖިލީހުން ނަގާ ފަސް މެންބަރުންގެ ކޮމިޓީއަކުންނެވެ. އަދި ޗެއާޕާސަންގެ އިންތިހާބު ނޫން ހުރިހާ އިންތިހާބެއް ބާއްވާނެ ތާރީހު ކަނޑައެޅުމުގެ ބާރު އަސާސީ ގަވާއިދުން ލިބިފައިވަނީ ޕާޓީގެ ޗެއާޕާސަން އަށް ކަމަށާއި، އެހެންކަމުން ޕްރައިމަރީ ބާއްވާނެ ދުވަހެއް ކަނޑައަޅާނީ ޗެއާޕާސަން އަދި އިކޮނޮމިކު މިނިސްޓަރު ފައްޔާޒު އިސްމާއީލް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ވަހީުދ ވިދާޅުވީ، މާލަސްތަކެއް ނުވެ ޕްރައިމަރީ ބާއްވާނެ ދުވަހެއް ޗެއާޕާސަން ކަނޑައެޅުއްވުމަށްފަހު، ގައުމީ މަޖިލީހަށް ހުށަހަޅުއްވައިގެން ފަސް މެންބަރުންގެ ކޮމިޓީ ނަންގަވައިގެން އެކަންތައް ކުރިއަށް ގެންދަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.