ފުލުހުންގެ މުއައްސަސާ ހަރުދަނާކުރުމަށް ރައީސް ކުރައްވާ މަސައްކަތުގެ ނަތީޖާ ދަނީ ފެންނަމުން: ޢިމްރާން

ފުލުހުންގެ މުއައްސަސާ ހަރުދަނާކުރުމަށް ރައީސް ކުރައްވާ މަސައްކަތުގެ ނަތީޖާ ދަނީ ފެންނަމުން: ޢިމްރާން

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ފުލުހުންގެ މުއައްސަސާ އިޞްލާހުކުރުމަށް ކުރައްވާ ބުރަ މަސައްކަތުގެ ނަތީޖާ ފެންނަމުންދާކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ފުލުހުންގެ މުއައްސަސާގެ 89 އަހަރުވީ ދިގު ތާރީޚުގައި ހިންގޭ އެންމެ ބޮޑު ޢުމްރާނީ މަސައްކަތާއި ކ.ތުލުސްދޫގައި ފެށުމާއި ގުޅިގެން ކުރެއްވި ޓްވީޓްގައި ޢިމްރާން ވިދާޅުވީ، ރައްޔިތުންނަށް ޚިދުމަތް ދިނުމަށް އެންމެ އެކަށޭނަ ސްޓޭޝަންތަކާ އެހެނިހެން ވަސީލަތްތައް ފުލުހުންނަށް ހޯދައިދެއްވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ކުރައްވާ ބުރަ މަސައްކަތްޕުޅުގެ ނަތީޖާ ފެންނަމުންދާކަމަށެވެ.

ހޯމް މިނިސްޓަރ މިހެން ވިދާޅުވެފައިވާއިރު، މި ސަރުކާރުގައި ފާހިޝް ޢަމަލުތައް ގިނަވެފައިވާކަމަށް ތުހުމަތުކޮށް ގިނަބަޔަކު އަންނަނީ ހޯމް މިނިސްޓަރ އަދި އަދާލަތު ޕާޓިގެ ރައީސް ޝައިޚް ޢިމްރާން ޢަބްދުﷲ އަށާއި، ސަރުކާރަށް ފާޑުކިޔަކުންނެވެ.

ޚާއްޞަކޮށް ޔޯގާ މައްސަލާގައި ޢިލްމުވެރިންތަކެއް ހައްޔަރުކުރުމާއި، އަލަމްގިރިއާއެކު އެއްޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ ގިނަ މީހުން ހައްޔަރު ނުކޮށް ދޫކޮށްލާފައ ތިބި މައްސަލާގައި މިނިސްޓާރ އިމްރާނާއި ފުލުހުންނަށް އަމާޒުވެފައިވާ ފާޑުކިޔުން އިތުރެވެ.

މީގެ ކުރިން މިނިސްޓަރ ޢިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކީ ރަނގަޅު ހެޔޮލަފާ ބޭފުޅަކަށް ވިޔަސް ސަރުކާރު ހިންގަވަން ތިއްބެވި ބޭފުޅުން ރަނގަޅު ވެގެން މެނުވީ ގައުމު ރަނގަޅު ނުކުރެވޭނެކަމަށެވެ.

ފަހަކަށް އައިސް ތަފާތު ޓްވީޓްތަކެއް ކުރައްވަމުން ގެންދަވާ މިނިސްޓަރ ޢިމްރާންގެ ޓްވީޓްތައް ބޮޑަށް ފާހަގަކުރެވެނީ އަމިއްލަފުޅު ޕާޓީއާއި އަމިއްލަފުޅު ހައިސިއްޔަތާއި މަގާމު ދިފާޢުކުރެއްވުމުގެ ވާހަކަތަކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *