ހުޅުމާލޭގައި އަންހެނަކު ރޭޕްކުރި މައްސަލައެއް ބަލަނީ

ހުޅުމާލޭގައި އަންހެނަކު ރޭޕްކުރި މައްސަލައެއް ބަލަނީ

Author
ހުސެއިން
10 އޮގަސްޓް 2022 07:50
0

ހުޅުމާލޭގެ ގެއެއްގައި އަންހެނަކު ރޭޕްކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

މިހާރު ސޯޝަލް މީޑިއާގައިވެސް ދައުރުވަމުންދާ މައުލޫމާތުތަކުން އެނެގޭ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިމަހުގެ 5 ވަނަ ދުވަހުއެވެ. ސޯޝަލް މީޑިއާގައި މިހާދިސާގެ ތަފްސީލުތައް ހާމަކުރަމުން، ރޭޕްގެ ޝިކާރައަކަށްވިކަމަށް ބުނާ އަންހެން ކުއްޖާ ލިޔެފައިވާ ގޮތުގައި، ހާދިސާ ހިންގާފައިވަނީ މިމަހުގެ 5 ވަނަދުވަހު އޭނާ އިތުރު 8 މީހަކާއެކު ގެޓް ޓުގެދަރއަކަށް ގޮސްހުއްޓާ، އޭނާ ރައްޓެހިވެގެން އުޅޭ ކުއްޖާ އެހެން އަންހެންކުއްޖަކު ގެއަށް ލާން ދިޔަ ވަގުތުއެވެ.

ރޭޕްކުރިމަކަމަށް ބުނާ ފިރިހެން މީހާގެ ފޮޓޯއާއި ނަންވެސް ޖެހުމަށްފަހު އަންހެން ކުއްޖާ ލިޔެފައިވާ ގޮތުގައި، ފިހެން މީހާ އޭނާ ގަދަކަމުން ރޭޕް ކޮށްފައިވަނީ ސާލާމަތް ވުމަށް އޭނާ ހަޅޭ ލައްވަމުން ދަނިކޮށެވެ.

އަންހެންމީހާ އޭނާގެ ޓުވިޓަރގައި ލިޔެފައިވާ ގޮތުން އޭނާ ރައްޓެގިވެގެން އުޅޭ ފިރިހެން ކުއްޖާ އެބުރި އައުމުން އެވާހަކަ ކިޔައިދޭނެ ހިތްވަރުވެސް އޭނާއަށް ނުލިބުނު ކަމަށާއި، އެހެންނަމަވެސް ގެއަށް އެނބުރިގޮސް އޭނާ ރައްޓެހިވެގެން އުޅޭ ފިރިހެން ކުއްޖާކައިރީ އެވާހަކަ ކިޔައދިން ކަމަށެވެ.

އަދި މައްސަލަ ޕޮލިހަށް ހުށަހެޅުމުން އޭނާ ލައިގެން ހުރި ހެދުން ހާދަ ކުރުމަށް ކަމަށް ފުލުހުން ސުވާލު ކޮށްފައިވާ ކަމަށްވެސް އަންހެން ކުއްޖާ ލިޔެފައި ވެއެވެ. ފުލުހުން އޭނާއަށް ދިން ޖަވާބާމެދު ހިންގަމަ ނުޖެހިގެން އޭނާ ލިޔެފައިވާ ގޮތުގައި ކަން ނިމިގެން ދާއިރު އެންމެ ފަހުން ކުށަކަށް ވެގެން ދާނީ އޭނާ ލައިގެންހުރި ހެދުނަކަމަށާއި، ރޭޕިސްޓު ނޫން ކަމުގައެވެ.

ފިރިހެން މީހާގެ ފޮޓޯ ޖަހައިގެން ކުރި ޓުވީޓުގައި އަންހްނެ ކުއްޖާ ވަނީ، އޭނާއަށް އިންސާފު ހޯދާދިނުމަށް އެހީތެރިވެ ދިނުމަށް އެދިފައެވެ.

ފުލުހުން ބުނެފައިވަނީ ހުށަހެޅިފައިވާ އެ މައްސަލަ ބަލަމުން ދާކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.