ޕީޖީ ޝަމީމް މަޤާމުން ވަކިކުރުމުގެ މަސައްކަތް ހުއްޓާލައިފި

ޕީޖީ ޝަމީމް މަޤާމުން ވަކިކުރުމުގެ މަސައްކަތް ހުއްޓާލައިފި

Author
މުޙައްމަދު ޖިމީ
08 އޮގަސްޓް 2022 09:35
0

ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް މަޤާމުން ވަކިކުރުމުގެ މަސައްކަތް އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުން ހުއްޓާލައިފިއެވެ.

ޕީޖީ މަޤާމުން ވަކިކުރުމަށް އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުން ފާސްކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ 13 ވަނަ ދުވަހުއެވެ. އެއީ ޕީޖީ ގްރޫޕުގެ 21 މެންބަރުން ބައިވެރިވި ބައްދަލުވުމުގެ 17 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ.

އެމްޑީޕީ ޕީޖީ ގްރޫޕުގެ މެންބަރުން މަޢުލޫމާތުދޭގޮތުގައި ޕީޖީ މަޤާމުން ވަކިކުރުމުގެ މަސައްކަތް މިހާރު ވަނީ ހުއްޓާލާފައެވެ.

މަޖިލީހުގައި 65 މެމްބަރުންނާ އެކު ސާފު އަޣުލަބިއްޔަތު އޮތް އެމްޑީޕީގެ ޕީޖީ ގްރޫޕްގެ މެމްބަރުން ޝަމީމާ މެދު ހިތްހަމަނުޖެހުން އަމާޒުވީ ސީދާ ކޮން މައްސަލަތަކަކާ ގުޅިގެން ކަން އަދި ސާފުނުވިޔަސް މީގެ ކުރިން މަޖިލީހުގެ ކޮމިޓީތަކަށް ހާޒިރުކޮށް، ޖަވާބުދާރީ ކުރުވާފައިވެއެވެ. އޭގެތެރޭގައި، އެމްއެމްޕީއާރުސީގެ މައްސަލަ އާއި އޭސީސީން ތަހުގީގުކޮށްފައި ފޮނުވާ ބައެއް މައްސަލަތަކުގައި ދައުވާކުރުން ލަސްވާ މައްސަލަ ހިމެނެއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް ޝަމީމް އައްޔަންކުރައްވާފައިވަނީ އެ މަޤާމުގައި ކުރިން ހުންނެވި އައިޝަތު ބިޝާމް އެމަޤާމުން އިސްތިއުފާދެއްވުމާއި ގުޅިގެން 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.