ހަމަލާ ދިންއިރު ޝާހިލްހުރީ މަސްތުގެ ހާލަތުގައި: ފުލުހުން

ހަމަލާ ދިންއިރު ޝާހިލްހުރީ މަސްތުގެ ހާލަތުގައި: ފުލުހުން

Author
މުޙައްމަދު ޝަޒައިމް
07 އޮގަސްޓް 2022 05:17
0

އަނިޔާވެރިގޮތަކަށް ރޭގައި މަރާލި ޝިއާއު މުހައްމަދު ސައީދުގެ މަރާލިއިރު، މައްސަލައިގައި ހައްޔަރުކުރި އަލީ ޝާހިލް ހުރީ މަސްތުގެ ހާލަތުގައި ކަމަށް ފުލުނުން ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވިދާޅުވީ މިމައްސަލާގައި ހައްޔަރު ކޮށްފައިވާ މީހާ ހަމަލާދިން އިރު ހުރީ މަސްތުގެ ހާލަތުގައި ކަމަށް މިހާތަނަށް އެގިފައިވާކަމަށެވެ. އޭނާ ބޭނުން ކޮށްފައިވަނީ ކޮން ބާވަތެއްގެ މަސްތުވާ ތަކެއްޗެއް ކަމެއް ފުލުނުން ވިދާޅެއް ނުވެއެވެ.

ފުލުހުން ވިދާޅުވީ މިހާރުވެސް ފުލުހުންގެ ތަހުގީގް ކުރިއަށްދާއިރު މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން މިހާރުވެސް ފުލުނުން ބަލަމުންދާކަމަށެވެ. މިއަދު ކޯޓަށް ހާޒިރުކުރުމުން މައްސަލައިގެ ޝަރީއަތް ނިމެންދެން ޝާހިލް ބަންދުކުރަން ނިންމާފައިވާއިރު، ކްރިމިނަލް ކޯޓުން ބުނީ އެ އަޑުއެހުން ސިއްރުކުރަން ގާޒީ ނިންމެވީ ފުލުހުން އެ ގޮތަށް އެދުމުންކަމަށެވެ.

އުމުރުން 22 އަހަރުގެ ޝިއާއު މުހައްމަދު ސައީދު (ޝިއާ) މަރާލާފައި އޮތްވާ ފެނުނީ ހ. ޝީރީންވިލާގައި ހުރި އެޕާޓްމަންޓަކުންނެވެ. އެ މައްސަލައިގައި ހައްޔަރުކުރި އުމުރުން 23 އަހަރުގެ އަލީ ޝާހިލް ހައްޔަރުކުރީވެސް އެ އެޕާޓްމަންޓުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ވ ވިސްނާ
ތަޙުޤީޤްރިޕޯޓްގެ ތާރީޚް 2026 ޖަހާފާ އަވަހަށް ދޫކޮށްލާ އެއޮތީ އަންޞާފު ހޯދިފާ