ޔޯގާ ހަމަނެޖެހުމާއި ގުޅިގެން ހައްޔަރުކޮށްފައިވާ ދީނީ އިލްމުވެރިޔާ ޝައިޚު ނިޝާން ބަންދުން ދޫކޮށްލައިފިއެވެ.
ޝައިހް ނިޝާން ބަންދުން ދޫކޮށްލީ ޝަރުތުތަކެއް ކުރުމަށްފަހުއެވެ. ކްރިމިނަލް ކޯޓުން ޝައިހް ނިޝާން ދޫކޮށްލަން ނެރުނު އަމުރުގައި ވަނީ އޭނާގެ މައްޗަށް ޝަރުތުތަކެއް ކަނޑައަޅާފައެވެ. އޭގެތެރޭގައި މާލެ އިން ބޭރަށް ދިއުން މަނާ ކުރުން ހިމެނެއެވެ. އޭގެ އިތުރުން ފޯނު ނަންބަރު ބަދަލުވެއްޖެނަމަ އެންގުމަށާއި ފުލުހުންގެ ތަހުގީގަށް ހާޒިރުވާން އަންގައިފިނަމަ ހާޒިރުވުމަށް ވެސް ކޯޓުން ވަނީ ޝައިހް ނިޝާނަށް ޝަރުތުކޮށްފައެވެ.
ޔޯގާ މައްސަލައިގައި ޝެއިހް ނިޝާން ހައްޔަރުކޮށްފައި ވަނީ ދަރިފުޅު ގޮވައިގެން ނަމާދަށް ދަނިކޮށް މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހުއެވެ. އޭނާގެ ބަންދުގެ މުއްދަތު އޭގެ ފަހުން ވަނީ ހަތަރު ފަހަރެއްގެ މަތިން އިތުރުކޮށްފައެވެ.
ޝައިހް ނިޝާންގެ އިތުރުން ޝައިހް ފަޒްލޫން މުހައްމަދު ވެސް އެ މައްސަލާގައި ކުރިން ހައްޔަރުކުރިއެވެ. އޭނާ ކުރިން ވަނީ ދޫކޮށްލައިފައެވެ. އެ ދެ ބޭފުޅުންގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ މިހާރު ވަނީ ސަސްޕެންޑްކޮށްފައެވެ.
އެ މައްސަލާގައި ގިނަ ބަޔަކު ހައްޔަރު ކުރިޔަސް، ގިނަ މީހުން މިހާރު ވަނީ ދޫކޮށްލައިފައެވެ.
ކޮމެންޓު ފޮނުވާ