އެވަޓަން އަތުން ޗެލްސީއަށް އުދަގޫމޮޅެއް

އެވަޓަން އަތުން ޗެލްސީއަށް އުދަގޫމޮޅެއް

Author
މުޙައްމަދު ޝަޒައިމް
07 އޮގަސްޓް 2022 11:16
0

އިނގިރޭސި ޕްރިމިއާ ލީގުގައި އެވަޓަން ބަލިކޮށް ޗެލްސީން ފެށުން ރަނގަޅުކޮށްފިއެވެ.

ރަށުން ބޭރުގައި ކުޅުނު މި މެޗު ޗެލްސީން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޗެލްސީއިންނެވެ. މިމެޗްގައި ޗެލްސީގެ ފުރަތަމަ އެގާރައިންވަނީ މިސީޒަނަށް އެކްލަބާއި ގުޅުނު ދެކުޅުންތެރިންކަމަށްވާ ރަހީމް ސްޓަރލިންގ އާއި ކަލިޑޫ ކޮއުލިބާލީ އަށް ޖާގަ ދީފައެވެ. އަދި މިދެ ކުޅުންތެރިންވެސް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

މިމެޗްގައި ޗެލްސީއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީ އަކުން ޖަހާދިނީ ޖޯޖީނިއޯއެވެ. މިއީ އެވަޓަންގެ އަބްދުލާޔޭ ޑޮކޫރޭ ޗެލްސީގެ ބެން ޗިލްވެސްއަށް ޕެނަލްޓީ އޭރިއާ ތެރެއިން ފައުލް ކުރުމުން ލިބިގެންދިޔަ ޕެނަލްޓީއެކެވެ.

މިމެޗްގައި އެވަޓަންއަށް ލަނޑެއް ކާމިޔާބު ނުކުރެވުނު ނަމަވެސް އެޓީމުންވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މިމެޗަށް ނިކުންއިރުވެސް އަނިޔާގެ ގިނަ މައްސަލަ ތަކެއް ކުރިމަތިވެފައިވި އެވަޓަންގެ ޑިފެންސްގެ މުހިންމު ދެކުޅުންތެރިޔަކަށް އަނިޔާވެގެން ވަނީ ބާލަންޖެހިފައެވެ. އެގޮތުން ފުރަތަމަ ހާފްގައި ބެން ގޮޑްފްރޭއަށް އަނިޔާ ވެގެން ބޭލިއިރު ޔެރީ މީނާއަށް ވަނީ ދެވަނަ ހާފްގައި އަނިޔާވެފައެވެ. މިހާރު މައުލޫމާތުލިބިފައިވާގޮތުގައި ގޮޑްފްރޭގެ ފައިގާ ވަނީ ރެނދެއް ލާފައެވެ. މިމެޗްގެ ދެވަނަ ހާފްގައި ޗެލްސީއިން ވަނީ އެޓީމަށް އަލަށް ސޮއި ކުރި މާރކް ކުކުރެޔާވެސް ކުޅެން އަރުވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.