ރާއްޖޭގައި ހިގަމުންދާ މަރުގެ މައްސަލަތައް ފަދަ ބޮޑެތި ޖަރީމާތަކަށް ހުއްޓުމެއް އަންނާނީ ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކޮށްގެން ކަމުގައި ޓްރޭޑް ޔޫނިއަންގެ ނައިބް ރައީސް އަދި ކުރީގެ ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް ކުންފުނީގެ ބޯޑުގެ ޗެއަރމަން ސައުދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.
ސައުދު މިއަދު ކުރެއްވި ޓުވީޓޭއްގައި ވިދާޅުވެފައިވަނީ، ރާއްޖޭގައި އިސްލާމީ ޝަރީއަތް އޭގެ ފުރިހަމަ މާނާގައި ތަންފިޒުކުރަން ޖެހޭ ކަމުގައެވެ. އަދި ރާއްޖޭގައި މިހާރު ހިގަމުންދާ ކަންކަމަކީ ގާނޫނު ތަންފިޒު ނުވުމުގެ ހިތި ނަތީޖާކަމުގައި ވިދާޅުވަމުން ސައުދު ވިދާޅުވެފައިވަނީ ރާއްޖޭގައި އިސްލާމީ ޝަރީއަތް ތަންފީޒު ވެގެންމެނުވީ ގައުމަށް ހަމަޖެހުމެއް ނާންނާނޭ ކަމުގައެވެ.
Rajjeyge Islaamee shareeah eyge furihama maanaiga Thanfeez kuran jehey.Qaumuga mi higa kanthahthakee Qanoon thanfeez nuvumuge hithi.Islaam dheenuge othee Qanoon liyevifa.Rajjeyge islamee shareeyah thanfeez vegen noonee hama jehumeh nulibeyne.Marah maru hifan jehey.@KhabaruOnline
— Saudulla Ahmed (@saudullaahmed1) August 7, 2022
ރާއްޖޭގައި މަރަށްމަރު ހިފުމަށް ސައުދު ގޮވާލައްވާފައި ވާއިރު، ރޭގެ ވަގުތެއްގައި ހެންވޭރު ޝީރީންވިލާގެ 9 ވަނަ ފަންގި ފިލާގައި ވަނީ އަނިޔާވެރިގޮތަކަށް ޒުވާން އަންހެން ކުއްޖަކު މަރާލާފައެވެ.
ރޭގެ ދަންވަރުގެ ވަގުތެއްގައި ހެންވޭރު ޝީރީން ވިލާގެ 9ވަނަ ފަންގި ފިލާގައި އަންހެން ކުއްޖާ މަރާލުމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކޮށްފައިވަނީ ރައްޖޭގައި ސްކޭޓް ކުރުމަށް މަޝްހޫރު ފ.ނިލަންދޫ، ފިނިފެންމާގޭ އަލީ ޝާހިލް، 23، ކަމަށް މައުލޫމާތު ލިބިއްޖެއެވެ. މަރާލާފައިވާ އަންހެން ކުއްޖާއަކީ ޏ. ފުވައްމުލަކު، އުމުރުން 22 އަހަރުގެ ޝިއާއު މުހައްމަދު ސައީދު ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ފުލުހުން ފިރިހެން މީހާ ކުށުގެ ވެށިން ހައްޔަރު ކޮށްފައިވާއިރު، އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވަނީ ޕީޕީއީ ކިޓުގައެވެ.
މަރުގެ ހާދިސާ ހިންގިކަމަށް ބެލެވެނީ ރޭގެ މެންދަމުގެ ކުރީގެ ވަގުތެއްގައިކަމަށް ބެލެވެއެވެ. އެހެންނަމުން ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބި، ކްރައިމް ސީންއަށް ފުލުހުން ގޮސްފައިވަނީ މެންދަމުގެ ވަގުތެއްގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޝާހިލްއާއި އޭނާއާއެކީ ދިރިއުޅެމުންދިޔަ އަންހެން ކުއްޖާ ހ. ޝީރީންވިލާގެ 9 ވަނަ ފަންގިފިލާގައި ދިއިރުޅެއްމުން ގޮސްފައިވަނީ އެ ފްލޯއިން ކޮޓަރިއެއް ކުއްޔަށް ހިފައިގެންނެވެ.
ހާދިސާގެ މައުލޫމާތު އެނގިތިބި ބައެއް ފަރާތްތަކުން ޚަބަރު އޮންލައިނަށް މައުލޫމާތު ދީފައިވާ ގޮތުގައި، އަންހެން ކުއްޖާ މަރާލާފައިވަނީ ކަރު ބުރި ކޮށްލައިގެންނެވެ.
މަރާލި އަންހެން ކުއްޖާގެ ހަށިގަޑު ކަޅު ކޮތަޅުތަކެއްގައި އެމްބިއުލާންސަށް އަރުވަން ގެންދިޔައިރު، ހަށިގަޑުގެ ބައިތައް ވަކިކޮތަޅުތަކަށް ލާފައިކަމަށް ބެލެވޭ ކަޅު ކޮތަޅުތައް އެމްބިއުލާންސަަށް އެރުވިތަން ވަނީ ފެނިފައެވެ.
ކޮމެންޓު ފޮނުވާ