މުހައްމަދު އިސްމާއިލް ދޫކޮށްލައިފި

މުހައްމަދު އިސްމާއިލް ދޫކޮށްލައިފި

Author
ހުސެއިން
06 އޮގަސްޓް 2022 04:41
0

ޔޮގާ ހަމަނުޖެހުމާއި ގުޅިގެން ހައްޔަރުކުރި، އިދިލޮޅު ޕީޕިއެމްގެ އިވެންޓް ކޮމިޓީގެ ޗެއަރ، ރައްޔިތުންގެ މަޖިލިހުގެ ހޯރަފުށީ ދާއިރޭގެ ކުރީގެ މެމްބަރު މުހައްމަދު އިސްލާއިލް ދޫކޮށްލައިފިއެވެ.

މިއަހަރުގެ ޔޯގާ ދުވަހު ގަލޅު ދަނޑުގައި ހިންގި ޔޯގާ ހަމަނުޖެހުމަށް އެހީތެރިވެދިނުމުގެ ތުހުމަތުގައި މުހައްމަދު އިސްމާއިލް ބަންދު ކުރުމަށްފަހު އޭނާގެ ބަންދުގެ މުއްދަތު އެތައް ފަހަރެއްގެ މަތިން އިތުރު ކޮށްފައި ވެެއެވެ.

ބައިނަލް އަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ކުރިއަށްގެންދިޔަ ހަރަކާތަށް ހުރަސް އަޅައި، ހަމަނުޖެހުން ހިންގި މައްސަލައިގެ ތުހުމަތުގައި، ހައްޔަރުކުރި މުހައްމަދު އިސްމާއީލްގެ ބަންދަށް އިތުރު 30 ދުވަހުގެ މުއްދަތެއް ކޯޓުން ކޯޓުން ޖަހައިދީފައިވަނީ ފާއިތުވެދިޔަ ޖުލައިމަހު 7 ވަނަ ދުވަހުއެވެ.

ޖޫންމަހުގެ 21 ވަނަ ދުވަހު ހިނގި ހަމަނުޖެހުމާއި ގުޅިގެން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ހަރަކާތު ކޮމިޓީގެ މުގައްރިރު އަދި ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ހައްޔަރުކުރީ ޖޫންމަހުގެ މަހުގެ 22 ވަނަ ދުވަހުއެވެ. އެއަށްފަހު އޭނާގެ ބަންދުގެ މައްސަލަ އިދިކޮޅު ހައިކޯޓަށްވެސް ހުށަހަޅާފައި ވެއެވެ. އެހެންނަމަވެސް ކޯޓުން ނިންމާފައިވަނީ އޭނާ ހައްޔަރު ކޮށްފައިވަނީ ރަގަޅަށް ކަމަށެވެ.

އޭނާގެ ބަންދަށް މުއްދަތު ޖަހަން ކޯޓަށް ހާޒިރުކުރުމުން ފުރަތަމަ ފަހަރު ކޯޓުން ދީފައިވަނީ 5 ދުވަހުގެ ބަންދުގެ މުއްދަތެކެވެ. އަދި އެ މުއްދަތު ހަމަވުމުން ބަންދާ މެދު ގޮތެއް ނިންމުމަށް ޖޫންމަހުގެ 28 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ކޯޓުން ވަނީ އިތުރު 9 ދުވަސް ދީފައެވެ. އަދި އެ މުއްދަތު ހަމަވެގެން ކޯޓަށް ގެންދިއުމުން ފާއިތުވެދިޔަ ޖުލައިމަހުގެ 7 ވަނަ ދުވަހު ކޯޓުން އިތުރު 30 ދުވަހުގެ މުއްދަތެއް ދީފައި ވެއެވެ.

ޔޯގާއާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ގިނަ ބަޔަކު ހައްޔަރުކުރި އެވެ. އެކަމަކު އޭގެ ތެރެއިން ބައެއް މީހުން ވަނީ ދޫކޮށްލައިފަ އެވެ. އޭގެ ތެރޭގައި ދީނީ އިލްމުވެރިޔާ ޝައިހް ފަޒްލޫން މުހައްމަދު ވެސް ހިމެނެ އެވެ. އެކަމަކު އެ މައްސަލާގައި ހައްޔަރުކުރި ޝައިހް އާދަމް ނިޝާން އަދިވެސް ހުރީ ބަންދުގަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.