ޝައިހް ނިޝާންގެ ބަންދުގެ މައްސަލަ ސުޕްރީމް ކޯޓަށް!

ޝައިހް ނިޝާންގެ ބަންދުގެ މައްސަލަ ސުޕްރީމް ކޯޓަށް!

Author
މުޙައްމަދު ޝަޒައިމް
06 އޮގަސްޓް 2022 11:10
0

ޔޯގާ ހަމަ ނުޖެހުމާއި ގުޅިގެން ހައްޔަރު ކޮށްފައިވާ ޝައިޚް އާދަމް ނިޝާން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ނެރެފައިވަނީ ރަނގަޅަށް ކަމުގައި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމި ނިންމުން އިސްތިއުނާފްކުރަން ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓަށް ހުށަހަޅަން ނިންމައިފިއެވެ.

ނިޝާން ހައްޔަރު ކުރުމަށްފަހު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުތައް ވަނީ ހައިކޯޓުގައި އިސްތިއުނާފްކޮށްފައެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ އިސްތިއުނާފް ކުރި އަމުރާމެދު ގޮތެއް ނިންމަމުން ހައިކޯޓުން ނިންމީ އެ އަމުރަކީ ރަނގަޅު އަމުރެއްް ކަމަށެވެ. އަދި މިމައްސަލާގައި ހައިކޯޓުންވެސް ވަނީ ނިޝާން ބަންދު ކޮށްފައިވަނީ ރަނގަޅަށް ކަމަށް ނިންމާފައެވެ.

ނިޝާންގެ ވަކީލުންގެ ޓީމުން ވިދާޅުވީ ހައި ކޯޓުގެ ނިންމުމުގައި ވަރަށް ބޮޑެތި ގާނޫނީ ގޯސްތަކެއް ފާހަގަވާމަށެވެ. އެހެންކަމުން އެމައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން ތައްޔާރުވަމުންދާކަމަށް ނިޝާންގެ ވަކީލުން ވިދާޅުވިއެވެ.

ހައިކޯޓުގައި އިސްތިއުނާފްކުރި މި މައްސަލަ ބެއްލެވީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ހުޒައިފާ މުހައްމަދެވެ. ދެން ތިއްބެވީ ހައިކޯޓުގެ އިސް ފަނޑިޔާރު ހާތިފް ހިލްމީ އާއި، ފަނޑިޔާރު ހުސައިން ޝަހީދެވެ. ކްރިމިނަލް ކޯޓުގެ އަމުރު ދެމެހެއްޓީ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.