ޗެލްސީގެ ކެޕްޓަން އަޒްޕިލިކުއެޓާ ކޮންޓްރެކްޓް އާކޮށްފި

ޗެލްސީގެ ކެޕްޓަން އަޒްޕިލިކުއެޓާ ކޮންޓްރެކްޓް އާކޮށްފި

ބާސެލޯނާ އިން ޗެލްސީގެ ކެޕްޓަން ސެޒާ އަޒްޕިލިކުއެޓާ ހޯދަން މަސައްކަތް ކުރަމުން ދަނިކޮށް، އަޒްޕިލިކުއެޓާ ޗެލްސީގައި އިތުރު ދެ އަހަރު މަޑުކުރަން ކޮންޓްރެކްޓް އާކޮށްފިއެވެ.

އަޒްޕިލިކުއެޓާގެ ކޮންޓްރެކްޓުގައި ބާކީ އެއް އަހަރު އޮއްވައި، ސްޕެއިންގެ ބާސެލޯނާ އިން ދިޔައީ އޭނާ ހޯދަން މަޝްވަރާތައް ކުރަމުންނެވެ. ނަމަވެސް އާ ކޮންޓްރެކްޓާ އެކު އުމުރުން 32 އަހަރުގެ ސްޕެއިން ފުލްބެކް، 2024 ގެ ޖޫން މަހުގެ ނިޔަލަށް ޗެލްސީގައި މަޑުކުރާނެއެވެ.

އުމުރުން 32 އަހަރުގެ މިކުޅުންތެރިޔާ ކޮންޓްރެކްޓް އާ ކުރީ އޭނާ އާއި ކްލަބާއި ދެމެދު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮއްވައެވެ. އަދި ކުރިއަށް މިއޮތް ސީޒަނަށް ސްޕެނިޝް ލީގުގެ ބާސެލޯނާއިން ވަނީ އޭނާ ގެންދިއުމަށް ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ.

އަޒްޕިލިކުއެޓާ ޗެލްސީއާއި ގުޅިފައިވަނީ 2012 ވަނަ އަހަރު ފްރެންޗް ލީގް އާންގެ އޮލިމްޕިކް މާސޭއިންނެވެ. އަދި މިހާތަނަށް އޭނާވަނި ޗެލްސީއަށް 476 މެޗް ކުޅެސީ 17 ލަނޑު ޖަހާދީފައެވެ. އާ ކޮންޓްރެކްޓްގައި ސޮއިކުރުމަށްފަހު އަޒްޕިލިކުއެޓާ ވަނީ އޭނާ އާއި ކްލަބުން ބަހައްޓާ ގާތްކަން މިކަމުން ވަރަށް ރަނގަޅަށް ހާމަވެގެންދާކަމަށް ބުނެފައެވެ. އަދި ކްލަބަށް އައިސްފައިވާ ބަދަލާ އެކު ކުރިމަތީ އޮތް އާ ޕްރޮޖެކްޓާއެކު ކުރިއަށްދާން ވަރަށް ޝައުގުވެރިވާކަމަށްވެސް އޭނާ ހާމަކުރިއެވެ.

އަޒްޕިލިކުއެޓާވަނީ ޗެލްސީގެ ޖާޒީގައި ހޯދޭނެ ހުރިހާ ކާމިޔާބީ ތަކެއް ހާސިލްކޮށްފައެވެ. އެގޮތުން އިނގިރޭސި ޕްރިމިއާ ލީގުގެ އިތުރުން އެފްއޭ ކަޕް، ލީގް ކަޕް، ޗެމްޕިއަންސް ލީގު، ޔުއޭފާ ސުޕަ ކަޕް އަދި ފިފާ ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ. އަދި އޭނާ 13 ކަޕް ފައިނަލެއްގައި ޗެލްސީ ތަމްސީލް ކޮށްފައިވުމަކިވެސް ކްލަބްގެ ރިކޯޑެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *