ގްރޫޕް ހަދައިގެން އެއް އެއްޖިންސުން ގުޅުން ހިންގި ފިރިހެން ޓީޗަރު ސަސްޕެންޑުކޮށްފިއެވެ.
އެތައް ދިވެހިންނަކާއި އެއްޖިންސުން ގުޅުން ހިންގި ބަންގްލަދޭޝްގެ އަލަމްގިރި އާއި އަދި އިތުރު ފިރިހެނަކާއިއެކު ގްރޫޕް ހަދައިގެން އެއްޖިންސުން ގުޅުން ހިންގާފައި ވަނީ އިމާދުއްދީން ސްކޫލްގެ ހާއްސަ އެހީއަށް ކިޔަވައިދޭ ޓީޗަރެކެވެ. އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ އެއްޖިންސުން ގުޅުން ހިންގި މައްސަލައާ ގުޅިގެން ޓީޗަރަކު ސަސްޕެންޑުކޮށްފައިވާ ކަމަށެވެ. އެ ޓީޗަރުގެ ނަމާއި އެޑްރެސް މިހާރު ވަނީ ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ.
ކުރިން ލީކްވި ވީޑިއޯތަކުގެ މައްސަލައިގައި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު އަދި ޑްރަގް އެންޑް އެންފޯސްމަންޓް (ޑީއީޑީ) ގައި މަސައްކަތްކުރާ ފުލުހަކު ހައްޔަރުކޮށް އެ މައްސަލަތައް އަންނަނީ ތަހުގީގުކުރަމުންނެވެ.
އަލަމްގީރާއެކު، ސަރުކާރުގެ އެކި މަގާމުތަކާއި ވިޔަފާރިވެރިން ހިމެނޭގޮތަށް އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތައް އާންމުވާން ފެށީ މިދިޔަ ޖޫން މަހުގެ ފަހުކޮޅުގަ އެވެ. އެ މައްސަލައިގެ ތުހުމަތުގައި މިިދިޔަ މަހުގެ 12 ގައި އޭނާ ހައްޔަރުކޮށް، އެ މައްސަލަތައް ދަނީ ތަހުގީގުކުރަމުންނެވެ.
އަލަމްގިރި 200 އަށް ވުރެ ގިނަ މީހުންނާއި އެއްޖިންސުން ގުޅުން ހިންގާފައިވާ ކަމަށް މައުލޫމާތު އެނގޭ ބައެއް މީހުން ބުނެއެވެ.