ޕެސްޓިސައިޑް ހުރެގެން، ރާއްޖެއަށް އެތެރެކުރި އައިސްކުރީމެއް ނުވިއްކުމަށް އަންގައިފި

ޕެސްޓިސައިޑް ހުރެގެން، ރާއްޖެއަށް އެތެރެކުރި އައިސްކުރީމެއް ނުވިއްކުމަށް އަންގައިފި

Author
ހުސެއިން
04 އޮގަސްޓް 2022 06:35
0

ފަރަންސޭސިވިލާތުން ރާއްޖެ އެތެރެ ކޮށްފައިވާ "ހާގެން ޑޭޒް" ބްރޭންޑުގެ އައިސްކުރީމު "ޕެސްޓިސައިޑް’އިން ތަޢައްޔަރު ވެފައިވާކަމުގެ މައުލޫމާތު ޔޫރަޕްގެ "ރެޕިޑް ސިސްޓަމް ފޯރ ފީޑް" އިން ދީފައިވާކަމަށާއި، މިއެލާޓާއި ގުޅިގެން މިއުފެއްދުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ނުރައްކަލުގެ މިންވަރު ފުޑް އެންޑް ޑްރަގް އޮތޯރިޓީން މިހާރު ދެނެގަންނަމުން ދާކަމުގައި އެއޮތޯރިޓީން ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން "ހާގެން ޑޭޒް" ބްރޭންޑްގެ އައިސްކުރީމް ބޭނުން ނުކުރުމަށާއި އަދި ނުވިއްކުމަށްވެސް އަންގާ ކަމުގައެވެ.

މިގޮތުން މި ބަޔާނާއެކީ ނުވިއްކުމަށް އަންގާފައިވާ އައިސްކުރީމުގެ މައުލޫމާތުވެސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ މިބަޔާނުގައި ހިމަނާފައި ވެއެވެ.

އެމްއެފްޑީއޭއިން ނުވިއްކުމަށް އަންގާފައިވާ އައިސްކުރީމްގެ މައުލޫމާތު

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.