ހޯރަފުށީ އެއަރޕޯޓަށް ޓެސްޓްފްލައިޓް ޖެއްސުމުން ސަޢީދުގެ ޝުކުރު ރައީސް ޔާމިނަށް!

ހޯރަފުށީ އެއަރޕޯޓަށް ޓެސްޓްފްލައިޓް ޖެއްސުމުން ސަޢީދުގެ ޝުކުރު ރައީސް ޔާމިނަށް!

Author
ޢަލީ އާދަމް
17 ނޮވެމްބަރ 2020 07:31
0

ހއ. ހޯރަފުށީ އެއާރޕޯޓަށް ޓެސްޓް ފްލައިޓް ޖެއްސުމުގެ އުފަލުގައި މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސަޢީދު ރައީސް ޔާމިނަށް ޝުކުރު ދަންނަވައިފިއެވެ.

ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި މުޙައްމަދު ސަޢީދަކީ ހޯރަފުށީ ބޭފުޅެކެވެ.

ހޯރަފުށީ އެއަރޕޯޓުގައި ޓެސްޓް ފްލައިޓް ޖެއްސުމުގެ އުފަލުގައި ބައިވެރިވެ ސަޢީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއީ ހޯރަފުށީގެ އިތުރުން މުޅި އިހަވަންދިއްޕޮޅުގެ ރައްޔިތުންނަށް ލިބުނު ބޮޑު ކާމިޔާބެއް ކަމަށެވެ. އަދި ރައީސް ޔާމިން ފެއްޓެވި ގައުމީ ތަރައްގީގެ މަޝްރޫޢު ތައް ހުއްޓައި ނުލާ ކުރިއަށް ގެންދިއުމަކީ ރާއްޖޭގެ ކުރިމަގުގެ އިޤްތިޞާދަށް މުހިންމު ކަމެއް ކަމަށް ސަޢީދު ވިދާޅުވިއެވެ.

" އިރާދަކުރެއްވިޔާ ރައީސް ޔާމިން ގެ ދެވަނަ ދައުރު (2023) ގައި ހޯރަފުއްޓާއި އިހަވަންދިއްޕޮޅާއި މުޅި ގަމުމުގެ ތަރައްގީއަށް މި އެއަރޕޯޓް އިންޓަނޭޝަނަލް އޮޕަރޭޝަންސް ތަކަށް ތައްޔާރު ކުރެވި، އިތުރު ސިނާޢަތްތަކަށް މަރުހަބާ ކިޔާނަން"
– މުޙައްމަދު ސަޢީދު

ރައީސް ޔާމިންގެ ވެރިޔަމުގައި 2018 ވަނަ އަހަރު ވަނީ ހޯރަފުށީ އެއަރޕޯޓް އެޅުމަށް ބިންހިއްކުމުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފައެވެ. ނަމަވެސް އޭރު މަސައްކަތް ކުރިއަށް ނުގޮސް އޮތުމަށްފަހު އަލުން ބިން ހިއްކާ އެރަށުގައި އެއަރޕޯޓު އެޅުމަށް އެމްޓީސީއާ ހަވާލުކުރީ 2019 ވަނަ އަހަރުގެ މާޗް މަހުގެ 25 ގައެވެ. އަދި އެ މަސައްކަތް މިދިޔަ އަހަރު ރަސްމީކޮށް ފައްޓަވައި ދެއްވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހެވެ.

ހޯރަފުށީ އެއާރޕޯޓަށް ޓެސްޓް ފްލައިޓް ޖެއްސުން – ފޮޓޯ: މޯލްޑިވިއަން

ގައުމީ އެއަރލައިން މޯލްޑިވިއަނުން ބުނީ އިއްޔެ ޓެސްޓު ފްލައިޓް ޖެއްސުމާއި އެކު، މިއަދު އެއަރޕޯޓް ރަސްމީކޮށް ހުޅުވާ ޝެޑިއުލް ދަތުރުފެށޭނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.