ކ އަތޮޅާއި މ އަތޮޅާ ދެމެދަށް ޔެލޯ އެލާޓް ނެރެފި

ކ އަތޮޅާއި މ އަތޮޅާ ދެމެދަށް ޔެލޯ އެލާޓް ނެރެފި

Author
ޢަލީ އާދަމް
17 ނޮވެމްބަރ 2020 12:01
0

ބޯކޮށް ވާރޭވެހި ފެންބޮޑުވެދާނެކަމަށް ލަފާކޮށް މާލެ އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް ޔެލޯ އެލާޓް ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ މިރޭ 23:45 އިން ފަތިހު 3:45 އާ ދެމެދު މި ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ފެންބޮޑުވުން އެކަށީގެންވާކަމަށެވެ.

ކުރިއަށްއޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ. އަދި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެކަމަށް އެއިދާއިން ލަފާކުރެއެވެ. ދެކުނުގެ ކަނޑުތައް ގަދަވާނެކަމަށާއި، އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ. އަދި ކަނޑުގެ ރާޅުގެ އުސްމިނހުންނާނީ 3 ފޫޓާއި 6 ފޫޓާ ދެމެދުގައި ކަމަށް އެއިދާރާއިން ބުނެއެވެ.

ދެކުނުގެ އަތޮޅުތަކަށް ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދައިގެ އަސަރުކުރުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުން ބުނެއެވެ. އެހެންކަމުން ހުރިހައި ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.