ފެންނަނީ ވަކި މީހަކަށް ނުބަލައި ހަމަހަމަކަންމަތީ ޤާނޫނު ހިންގާތަން: ސަޢުދު

ފެންނަނީ ވަކި މީހަކަށް ނުބަލައި ހަމަހަމަކަންމަތީ ޤާނޫނު ހިންގާތަން: ސަޢުދު

Author
މުޙައްމަދު ޖިމީ
29 ޖުލައި 2022 10:32
0

ފެންނަނީ ރައީސް އިބްރާހީމް މުޙައްމަދު ޞަލިޙް، އެއްވެސް ފިކުރަކަށް މީހަކަށް ބެލުމެއްނެތި ހަމަހަމަކަންމަތީ ޤާނޫނު ހިންގަވާތަންކަމަށް މޯލްޑިވްސް ޓްރޭޑް ޔޫނިއަންގެ ނާއިބު ރައީސް ސަޢުދުﷲ އަޙްމަދު ވިދާޅުވެއްޖެއެވެ.

ސަޢުދު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޮ އަދި ޤާނޫނީ ވަކީލް ނާޒިމ ސައްޠާރު އެއްޖިންސުން ގުޅުންހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކުރުމާއި ގުޅިގެންނެވެ.

ސަޢުދު ވިދާޅުވީ، ރައީސް ޞާލިޙް ވެރިކަމަށް ވަޑައިގަތީ ޤާނޫނީ ވެރިކަމެއް ކުރަން ވަޢުދުވެވަޑައިގެންކަމަށެވެ. ވަކި މީހެއް ތަފާތުނުކޮށް އެންމެނަށް ހަމަހަމަ ކަންމަތީ ޤާނޫނު ހިންގުމަށާއި، ކުށެއް ކުރީ ކޮއްކޮތޯ ނުވަތަ ތިމާ ނިސްބަތްވާ އެމްޑީޕީ މީހެއްތޯ ނުވަތަ ކޯލިޝަން ބައިވެރިއެއްތޯ ބެލުމެއް ނެތި ޤާނޫނު ހިންގާތަން ފެންނަކަމަށް ސައުދު ވިދާޅުވިއެވެ.

ސަޢުދު ވިދާޅުވީ، މިއީ ޤާނޫނީ ވެރިކަން ނެގެހެއްޓުމަކީ ރައީސްގެ ޒިންމާއެއްކަމަށާއި، އެކަން އެމަނިކުފާނު ކުރައްވަމުން ގެންދަވާކަމަށެވެ. ލިވާތުކުރި އެންމެން ހިފައި ހައްޔަރުކޮށް، މި ލޮބުވެތި ވަޠަން ސާފުކުރަންޖެހޭކަމަށާއި، ހަރުކައްޓޭ މަޑުކައްޓޭ ކިޔައިގެން ބައިބައި ނުވާނެކަމަށްވެސް ސަޢުދު ވިދާޅުވިއެވެ.

ސަޢުދު މިހެން ވިދާޅުވެފައިވާއިރު، އެއްޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ މީހުން ހައްޔަރުކުރަން ފެށުމުން ގިނަބަޔަކު އަންނަނީ ސަރުކާރަށް ތަޢުރީފްކުރަމުންނެވެ. ޚާއްޞަކޮށް އެންމެނަށް ޤާނޫނު ހަމަހަމަކަންމަތީ ރައީސް ހިންގަވާ މަންޒަރު ފެންނަކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ލީކުވެފައިވާ ވޯޑިއޯތަކުގައި ފެންނަ، އެއްޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތު ކުރެވޭ މީހުންގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުމާއެކު، އެންމެ ބޮޑަށް ފާހަގަވެގެންދިޔަ އެއްކަމަކީ، ކުރިން ސަރުކާރަށް ފާޑުކިޔަމުން ގެންދިޔަ ގިނަ ބައެއްގެ ތައުރީފް ސަރުކާރަށް އޮހިގެންދިޔަ ތަނެވެ. މީގެ ތެރޭގައި އެމްޑީޕީގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނަށް ތާއީދު ކޮށްގެންތިބި ގިނަ ފަރާތްތައްވެސް ހިމެނޭކަން ފާހަގަ ކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ތ ތުއްރަވާސް
މައްސަލަތައް ނިމުނީމަ ތިޔައެއް މަމެންނަށް އެނގޭނީ ޅިޔަނު ޙައްޔަރު ކުރި އިރުވެސް އެބުނީ ވީއައިޕީ އެކޭ ވީއައިޕީ ވީމަ ނިންމާނީ ފޮރެންސިކް އެނަލައިސިސް އިން ޢެއީ ނާޒިމްކަން ސާބިތު ނުވާކަމަށް. ނާޒިމަށް .އަދަބު ނުލިބި ސަލާމަތް ވެއްޖެ ނަމަ ހަމަހަމަ ކަމެއް ނެތީ މަހިތުން ނާޒިމް ހައްޔަރު ކުރުމާ އެކަމާ ދެކޮޅަށް ޢަންނިމެން ޓްވީޓްތައް ކުރުމަކީ އަންނިއާ އިބޫއާ ގުޅިގެން ދުއްވާ ވަރަށް ބޮޑު ދެބޯގެރިއެއް .