މިއަދު ކޭސްތައް އިތުރުވީ އެއަރޕޯޓުންނާއި، ރިސޯޓަކުން ބަލިޖެހުނު މީހުން ގިނަވުމުން: އެޗްޕީއޭ

މިއަދު ކޭސްތައް އިތުރުވީ އެއަރޕޯޓުންނާއި، ރިސޯޓަކުން ބަލިޖެހުނު މީހުން ގިނަވުމުން: އެޗްޕީއޭ

Author
މުޙައްމަދު ޖިމީ
16 ނޮވެމްބަރ 2020 11:27
0

މިއަދު ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 100 އިން މައްޗަށް އަރާފައިވާއިރު، އޭގެތެރޭގައި ހަދަމުންދާ ރިސޯޓަކުންނާއި، އެއަރޕޯޓް ތަރައްޤީކުރާ ދެ ކުންފުންޏަކާއި އެމްއޭސީއެލްގެ ގިނަ ޢަދަދެއްގެ މުވައްޒަފުން ހިމެނިއްޖެއެވެ.

އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި މީހުން ގިނަ ވެފައިވަނީ އެތަންތަނުން ގިނަ ޢަދަދެއްގެ ބިދޭސީން ޕޮޒިޓިވްވުމާއި ގުޅިގެންކަމަށެވެ. އެގޮތުން ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރަމުން އަންނަ ރަށްފަޅު ހުރާ އިން 21 މީހަކު ޕޮޒިޓިވްވެފައިވާއިރު، އެއަރޕޯޓްގެ އައު ޓާރމިނަލް އާއި ރަންވޭ ބޮޑުކުރުމުގެ މަސައްކަތްކުރަމުން އަންނަ ދެކުންފުޏެއްގެ ގިނަ އަދަދެއްގެ މުވައްޒަފުންވެސް މިއަދު ޕޮޒިޓިވްވިކަމަށް އެޗްޕީއޭއިން ބުނެއެވެ. އެގޮތުން ޗައިނާ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީގެ 22 މުވައްޒަފަކާއި، ޗައިނާ ކޮމިއުނިކޭޝަން ކޮމްޕެނީގެ 16 މުވައްޒަފުންގެ އިތުރުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ކާގޯ ޑިޕާޓްމަންޓްގެ 10 މުވައްޒަފަކުވެސް ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ.

އިއްޔެގެ އިރުއޮއްސި 18:00 އިން ފެށިގެން މިއަދުގެ އިރުއޮއްސި 18:00 އާއި ހަމައަށް ގްރޭޓަރ މާލޭ ސަރަޙައްދުން 86 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗް.ޕީ.އޭއިން ވަނީ ވިދާޅުވެފައެވެ. އަދި އަތޮޅުތަކުގެ ރަށްތަކުން 24 މީހަކު ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ޢާއްމުކޮށްފައިވާ އެންމެ ފަހުގެ މަޢުލޫމާތަށް ބަލާއިރު، ކޯވިޑް-19 އަލަށް ޕޮޒިޓިވްވި 110 މީހުންގެ ތެރެއިން 31 މީހުންނަކީ ދިވެހިންނެވެ. ދެން ހިމެނެނީ 79 ބިދޭސީންނެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ޖުމްލަ 12،314 މީހަކު ވަނީ ކޯވިޑް-19 އަށް ޕޮޒިވްވެފައެވެ.

ކޯވީޑް-19އަށް ޕޮޒިޓިވްވި ޢަދަދު 100 އިން މައްޗަށް އެރިއިރު މިއީ ފާއިތުވި 2 މަސްދުވަހުގެ ތެރޭގައި ބަލިޖެހުނު މީހުންގެ ޢަދަދު 100 އިން މައްޗަށް އެރި ފުރަތަމަފަހަރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.