ޖަމިޢްޔަތުއް ޞަލަފަކީވެސް ސިޔާސީ ޕާޓިއެއްކަމަށް ވިދާޅުވެ ޔޫތު މިނިސްޓަރ އަޙްމަދު މަޚްލޫފް ފާޑުވިދާޅުވެއްޖެއެވެ.
މަޚްލޫފް މިފަދައިން ފާޑުވިދާޅުވޯ ޔޯގާ އާއި ގުޅޭގޮތުން އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކާއި ގުޅިގެންނެވެ. މިދިޔަ މަހުގެ 21ގައި ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވި ހަރަކާތަކީ ޔޫތު މިނިސްޓަރީއާއި ރާއްޖޭގައި ހުންނަ އިންޑިއާ ކަލްޗަރަލް ސެންޓަރ ގުޅިގެން ބޭއްވި ހަރަކާތެކެވެ.
އެ ހަރާކަތަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގިކަމުގެ ތުހުމަތުގައި 21 މީހަކު ހައްޔަރުކުރިއެވެ. އޭގެ ތެރޭގައި ދީނީ ޢިލްމުވެރިންވެސް ހިމެނެއެވެ. އަދި މިހާރ ވަނީ އޭގެތެރެއިން ބައެއް މީހުން ދޫކޮށްލާފައެވެ.
ޔޯގާ އަކީ ހަރާމް ކަމެއްކަމަށް ދީނީ ޢިލްމުވެރިން ވިދާޅުވަމުން ގެންދަވަނިކޮށް ޔޯގާ ހަރަކާތް ބޭއްވުން ޢިލްމުވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ޔޯގާއަކީ ހިންދޫ ދީނުގެ ޢަޅުކަމެއްކަމަށް އަދާލަތު ޕާޓިގެ ދީނީ ޢިލްމުވެރިންވެސް ވަނީ ފަތުވާ ނެރެފައެވެ.
މީގެ އިތުރުން 104 ދީނީ ޢިލްމުވެރިއެއްވެސް ވަނީ ޔޯގާ ހަރާމްކަމަށް ފަތުވާ ނެރުއްވާފައެވެ. ނަމަވެސް ކުރީގެ ރައީސް މައުމޫންގެ ޚިޔާލުފުޅު ތަފާތެވެ. މައުމޫންވަނީ އެއީ ހުއްދަ ކަމެއްކަމަށް ވިދާޅުވެފައެވެ.
ޔޯގާ އަށް ފާޑުކިޔާ ފަރާތްތަކަށް ރައްދު ދެއްވައި ޔޫތު މިނިސްޓަރ އަހްމަދު މަޚްލޫފް ވިދާޅުވީ ޕީޕީއެމް، އަދާލަތު އަދި ސަލަފަކީ ވެސް ސިޔާސީ ޕާޓީތަކެއްކަމަށާއި، ދައްކާނީ ސިޔާސީ ވާހަކަ ކަމަށެވެ.
”ބުދުދީނުގެ ފާދިރީންނަށް ވުރެ ބައެއް ދިވެހިންގެ ހާލު ދެރަ:ޑރ.ޒިޔާދު“
މިއީ 2015 – 2018 އަށް ސަރުކާރު ބައިވެރިވެގެން ޔޯގާ ދުވަސް ފާހަގަކުރަމުން ދިޔައިރު ހުންނެވި އިސްލާމިކް މިނިސްޓަރުގެ މިއަދުގެ ބަސް.
ޕީޕީއެމް،އަދާލަތު އަދި ސަލަފަކީ ވެސް ސިޔާސީ ޕާޓީތަކެއް. ދައްކާނީ ސިޔާސީ ވާހަކަ. pic.twitter.com/ICajjnPb4c
— Ahmed Mahloof (@AhmedMahloof) July 28, 2022
ޔޯގާ ހަމަނުޖެހުންތަކާއި ގުޅިގެން ސަރުކާރުން ވަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަކަމަށް ބުނެފައެވެ.
ޔޯގާ ހަމަނުޖެހުންތަކާއި ގުޅިގެން ދީނީ ބައެއް ޢިލްމުވެރިންހައްޔަރުކޮށް މިހާތަނަށް ދޫކޮށްލާފައި ނުވާތީ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. ޚާއްޞަކޮށް، އެއްޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ މީހުން ހައްޔަރުކޮށްފައި ނުވާތީ އަމާޒުވެފައިވާ ފާޑުކިޔުން އިތުރެވެ.