ބޮޗޭ ޖާބިރު އާއި ފެޔަށް ޖެހިވަޑައިގެންފި

ބޮޗޭ ޖާބިރު އާއި ފެޔަށް ޖެހިވަޑައިގެންފި

Author
މުޙައްމަދު ޝަޒައިމް
16 ނޮވެމްބަރ 2020 10:31
0

ޑީއާރުޕީގެ ނައިބް ލީޑަރުގެ މަޤާމުންނާއި، ޔޮޓްޓުވާސްގެ ކުންފުނިތަކުގެ ސީއީއޯގެ މަޤާމުތަކުން މާފަންނު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ރިފާޢު (ބޮޗޭ) އިސްތިއުފާ ދެއްވައިފިއެވެ.

އޭނާވަނީ އިސްތިއުފާ ދެއްވި މަޤާމުތައް މިރޭ ހާމަކުރައްވައި މިރެއިން ފެށިގެން އެއިން އެއްވެސް މަޤާމެއްގައި ނޫޅުއްވާކަން ވަނީ ހާމަކޮށްފައެވެ. އޭނައަކީ ޑީއާރުޕީއާއި ކާށިދޫ ޖާބިރު އަބްދުﷲ ޖާބިރު ހަވާލުވެ ވަޑައިގެން ޑީއާރުޕީގެ މަސައްކަތް އަލުން ފެށުމަށް އެންމެ ކުރީ ސަފުގައި މަސައްކަތް ކުރެއްވި އެއްބޭފުޅެކެވެ. ޕާޓީއަށް ފޯމު ފުރުމާއި، މެމްބަރުން އިތުރު ކުރުމަށް ހިންގި ހަރަކާތްތަކުގައިވެސް ބޮޗޭވަނީ އަމަލީ ގޮތުން ބައިވެރިވެފައެވެ.

ބޮޗޭ އިސްތިއުފާ ދެއްވާފައިވާ މަޤާމުތައް: 

– ޔޮޓްޓުއާސް ގްރޫޕްގެ ކުންފުނިތަކުގެ ސީއީއޯގެ މަޤާމުތަކުން

– ޑީއާރުޕީގެ ނައިބް ލީޑަރުގެ މަޤާމް

ކާށިދޫ ދާއިރާގެ މެމްބަރު ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރުގެ ސެކްރެޓިއޭޓްގެ މަޤާމް

މާފަންނު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ރިފާޢު އަކީ ޑީއާރުޕީ އުފެދިގެން އައިރުވެސް އެޕާޓީގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އަދި ފަހުން އޭނާ ވަނީ ޕީޕީއެމްއާއި ގުޅިގެން މަޖިލިސް މެމްބަރުކަމާއި އެޕާޓީގެ ޒުވާނުންގެ ހަރަކާތްތަކުގައިވެސް މުހިންމު ދައުރެއް އަދާކުރައްވާފައެވެ. ބޮޗޭ މިރޭ މިހުރިހާ މަޤާމަކުން އިސްތިއުފާ ދެއްވާފައިވާއިރު، އިސްތިއުފާ ދެއްވި ސަބަބެއް ހާމަކޮށްފައި ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.