ރާއްޖެއިން އިތުރު 110 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
އިއްޔެގެ އިރުއޮއްސި 18:00 އިން ފެށިގެން މިއަދުގެ އިރުއޮއްސި 18:00 އާއި ހަމައަށް ގްރޭޓަރ މާލޭ ސަރަޙައްދުން 86 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗް.ޕީ.އޭއިން ވަނީ ވިދާޅުވެފައެވެ. އަދި އަތޮޅުތަކުގެ ރަށްތަކުން 24 މީހަކު ޕޮޒިޓިވްވެފައިވާކަމަށް އެޖެންސީން ވިދާޅުވެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ޢާއްމުކޮށްފައިވާ އެންމެ ފަހުގެ މަޢުލޫމާތަށް ބަލާއިރު، ކޯވިޑް-19 އަލަށް ޕޮޒިޓިވްވި 110 މީހުންގެ ތެރެއިން 31 މީހުންނަކީ ދިވެހިންނެވެ. ދެން ހިމެނެނީ 79 ބިދޭސީންނެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ޖުމްލަ 12،314 މީހަކު ވަނީ ކޯވިޑް-19 އަށް ޕޮޒިވްވެފައެވެ.
ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު ބަލިން ރަނގަޅުވެފައި ވަނީ 18 މީހެކެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 11،316 އަށް އަރާފައެވެ. ރާއްޖޭގައި ކޯވިޑް-19 ޖެހިގެން 43 މީހުން މިހާތަނަށް ވަނީ ނިޔާވެފައެވެ. އެއީ 35 ދިވެހިންނާއި، 8 ބިދޭސީންނެވެ.
ހޮސްޕިޓަލުގައި މިވަގުތު 59 މީހަކަށް ފަރުވާ ދެމުންދާއިރު، ރާއްޖެއިން ބަލީގައި ފަރުވާ ދެމުންދާ މީހުންގެ އަދަދަކީ 947 އެވެ. އައިސޮލޭޝަންގައި 277 މީހަކަށް ދަނީ ފަރުވާދެމުންނެވެ.
ކޮމެންޓު ފޮނުވާ