ދިވެހިންނަކީ މިނިވަންކަން ހޯދައި ދެމެހެއްޓުމަށް ޤުރުބާންވާ ބައެއް: ނަޝީދު

ދިވެހިންނަކީ މިނިވަންކަން ހޯދައި ދެމެހެއްޓުމަށް ޤުރުބާންވާ ބައެއް: ނަޝީދު

Author
މުޙައްމަދު ޖިމީ
26 ޖުލައި 2022 01:53
0

ދިވެހިންނަކީ މިނިވަންކަން ހޯދުމަށް އަދި ދެމެހެއްޓުމަށް ޤުރުބާންވާ ބައެއްކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ 57 ވަނަ މިނުިވަންދުވަހާއި ގުޅުގެން ދުވަހުގެ ތަހުނިޔާ ވިދާޅުވެ ކުރެއްވި ޓްވީޓްގައި ރައީސް ނަޝީދު ވިދާޅުވީ ދިވެހިންނަކީ އަބަދުމެ މިނިވަންކަމަށް ލޯބިކުރާ ބައެއްކަމަށެވެ. އެ މިނިވަންކަން ހޯދުމާއި އަދި ދެމެހެއްޓުމަށް ޤުރުބާންވާބައެއްކަމަށާއި، މިގޮތް އަޅުގަނޑުމެން ދިވެހިން ދުލެއް ނުކުރާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގެ މިނިވަން ދުވަހާއި ގުޅިގެން ރައީށް ނަޝީދު މިހެން ވިދާޅުވެފައިވާއިރު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ޤައުމާއި މުޚާޠަބުކުރައްވާ ވަނީ ދިވެހި ދައުލަތުގެ އެންމެ އިސް ޒިންމާއަކީ ގައުމުގެ އަމިއްލަ ވެރިކަމާއި މިނިވަންކަން ދެމެހެއްޓުން ކަމަށާއި، ސަލާމަތީ ބާރުތަކުގެ ރެއާއި ދުވާލު ކެނޑިނޭޅި ކުރައްވަމުން ގެންދަވަނީ އެ މަސައްކަތް ކަމަށް ވިދާޅުވެފައެވެ.

މިއަދު ގައުމާ މުޚާތަބުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވެފައިވަނީ ފާއިތުވެދިޔަ އަހަރުގެ މިނިވަން ދުވަސް ދިވެހިންނާއި ބައްދަލުކުރި އިރު ހާލަތު ވަރަށް ތަފާތުކަމަށާއި، ކުރިމަތިވަމުން އިޖުތިމާއީ ދަތިތަކާއި ކުރިމަތިވަމުންއައި އިގްތިސާދީ ގޮންޖެހުންތައް ގިނަ ކަމަށެވެ. އެހެންނަމަވެސް ކޯވިޑްގެ ދެ އަހަރަށްފަހު އިރާދަފުޅުން މިއަދު އެ ހާލަތު ބަދަލުވަމުންދާ ކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއީ ދިވެހި ރައްޔިތުން ދެއްކެވި އެބައިވަންތަ ނަމުނާގެ ހެޔޮ ނަތިޖާ ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޥ ޥ
ތީނަދިވެސްސަކަން ނުވަނީތަ