ތެލުގެ ސަބްސިޑީ ދޭ އުސޫލު އަލުން މުރާޖައާ ކުރަނީ

ތެލުގެ ސަބްސިޑީ ދޭ އުސޫލު އަލުން މުރާޖައާ ކުރަނީ

Author
ހުސެއިން
26 ޖުލައި 2022 12:38
0

ދައުލަތުން ފޮރުކޮށްދޭ ތެލުގެ ސަބްސިޑީން ހަގީގީ ބޭނުން ޖެހިފައިވާ ފަރާތްތަކަށް އެކަނި ފޯރުކޮށް ދިނުމަށްޓަކާ، މިހާރު ސަބްސިޑީސް ދޭ އުސޫލު އަލުން މުރާޖައާ ކުރުމަށް ނިންމާފައިވާ ކަމުގައި ރައީސް ސާލިހު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ 57ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ގައުމާ މުޚާތަބް ކުރައްވަމުން ރައީސް ސާލިހު ވިދާޅުވީ ކުރިޔަށްދާ ރަޝީއާ ޔޫކުރެއިން ހަގުރާމައިގެ ސަބަބުން ދުނިޔޭގެ ހުރިހާ ގައުމަކަށްވެސް ކުރިމަތިވެފައިވާ ގޮންޖެހުންތައް ދިވެހިންނާވެސް ކުރިމަތި ވެއްޖެކަމަށާއި، އޭގެ ނަތީޖާއެއްގެ މިނާޒުކު ދަޑިވަޅުގައި ރާއްޖޭގެ އިގްތިސާދުގެ ހަމަ ހިފެއްޓުމަށްތަކާ އަޅާންޖެހޭ ފިޔަވަޅު އެޅުން ކޮންމެހެން މުހިންމު ކަމުގައެވެ.

މިއަދުގެ ޚިތާބުގައި ރައީސް ސާލިހު ވިދާޅުވީ ތެލުގެ ސަބްސިޑީއަށް އަންދާޒާ ކޮށްފައި ހުރި މިންވަރަށްވުރެ ކުރެވިފައިވާ ޚަރަދު އެތައް ގުނައަކުން މަތިވެއްޖެ ކަމަށާއި، މިއަހަރު މުޅި އަހަރަށް ބެޖެޓް ކުރެވުނު ތެލުގެ ސަބްސިޑީގެ މިންވަރަކީ 341.5 މިލިއަން ރުފިޔާ ކަމުގައެވެ.

ނަމަވެސް މި ހަގުރާމައާއި ގުޅިގެން ތެލުގެ އަގު އެތައް ގުނައެއް މައްޗަށް ދިއުމުގެ ސަބަބުން މިދިޔަ ޖޫންމަހުގެ ނިޔަލަަށް ޖުމްލަ 910.3 މިލިއަން ރުފިޔާ ތެލުގެ ސަބްސިޑީއަށް އެކަނި ޚަރަދު ކުރެވިއްޖެ. މިހާރު ލަފާކުރެވޭ ގޮތުން މިއަހަރުގެ ނިޔަލަށް މިހާލަތުގައި ދާނަމަ، ޖުމަލް 1.95 ބިލިއަން ރުފިޔާ ތެލުގެ ސަބްސިޑީއަށް ސަރުކާރުން ޚަރަދުކުރަން ޖެހޭނެ.

ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވި ގޮތުގައި ސަރުކާރުން ތެލަށްދޭ ސަބްސިޑީ އަމާޒުކުރަނީ މައިގަޑު ދެކަމަކަށް ކަމުގައެވެ. އެއީ ރައްޔިތުން ބޭނުންކުރާ ހަކަތަ ނުވަތަ ކަރަންޓުގެ އަގު ބޮޑުވިޔަ ނުދިނުމަށް ދޭ ސަބްސިޑީއާއި މަސްވެރިންނަށް ބޭނުންވާ ތެޔޮ ފޯރުކޮށް ދިނުމަށެވެ.

ރައީސް ސާލިހު ވިދާޅުވި ގޮތުގައި ކުރިޔަށްދާ ހަގުރާމައި ކުރިމަތިވެދާނެ ގޮންޖެހުމަކަށް ތައްޔާރުވެ ތިބުމަކީ ކުރާންޖެހޭ ކަމެއްކަމުގައެވެ. މިގޮތުން ސަރުކާރުން ދޭ ތެލިގެ ސަބްސިޑީ އެންމެ ބޭނުން ޖެހިފައިވާ ރައްޔިތުންނަށް ލިބޭނެގޮތަށް ސަބްސިޑީގެ ސިޔާސަތު ބަދަލު ކުރުމަކީ މުހިންމުކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމުގައެވެ. އަދި ވިދާޅުވީ މިބަދަލު ތަންފީޒު ކުރުމަށް ކުރާންޖެހޭ މަސައްކަތް މިހާރު ސަރުކާރުން ފަށާފައި ވާކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ގ ގަލަން
ރައްޔިތުން ކޮއްދޭ ކަންތައް ބަހައް ޓާފަ މަޖީހު މެންބަރުންގެ މުސާޔަރާ ސިޔާސީ މަގާމުގަ ތިބިމީހުންގެ މުސާރަ ކޮޑަކުރެވޭތޯ ފުރަތަމަ ބަލާބަލަ