ޣައްސާންގެ ސުވާލެއް: ދިވެހި ފަސްގަނޑުގައި ބޭރު ސިފައިން އެބަތިބި، މިނިވަން ކަމަކީ ކޮބައި؟

ޣައްސާންގެ ސުވާލެއް: ދިވެހި ފަސްގަނޑުގައި ބޭރު ސިފައިން އެބަތިބި، މިނިވަން ކަމަކީ ކޮބައި؟

Author
މުޙައްމަދު ޖިމީ
26 ޖުލައި 2022 01:35
0

ދިވެހި ފަސްގަނޑުގައި ބޭރު ސިފައިން އެބަތިބިކަމަށް ވިދާޅުވެ މިނިވަންކަމަކީ ކޮބައިތޯ ގުރައިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޣައްސާން މައުމޫން ސުވާލުކުރައްވައިފިއެވެ.

މިއަދު ފާހަގަކުރަމުންދާ މިނިވަން ދުވަހާއި ގުޅިގެން ޣައްސާން ވަނީ މިނިވަންކަމާއި ގުޅޭގޮތުން ސުވާލު އުފައްދަވާފައެވެ. ޣައްސާން ވިދާޅުވީ ދިވެހި ފަސްގަނޑުގައި ބޭރު ސިފައިން އެބަތިބިކަމަށާއި، ޚާރިޖީ ސިޔާސަތުގެ ސަމުގާ އުތުރަށް ހުއްޓިފައިވާކަމަށެވެ. ޚިޔާލުފާޅުކުރުމުގެ ހައްގު ހަނިކޮށްފައިވާކަމަށާއި، އެއްވުން މަނާކަމަށް ޣައްސާ ސިފަކުރެއްވިއެވެ.

ޣައްސާންީ ވަނީ ހަގީގީ ނޫސްވެރިކަން ހުއްޓުވައިފިކަމަށާއި، ރައްޔިތުންގެ އަމިއްލަ އެކައުންޓުން ބޭރު ފައިސާ ޚަރަދުކުރުން ތާށިކޮށްފިކަމަށް ވިދާޅުވެ މިނިވަން ކަމަކީ ކޮބައިތޯ ސުވާލުކުރައްވާފައެވެ.

ޣައްސާން މިހެން ވިދާޅުވެފައިވާއިރު، އިދިކޮޅުން އެންމެ ބޮޑަށް ސަރުކާރަށް ކުރާ ޕްރެޝަރަކީ ރާއްޖޭގައި އިންޑިއާގެ އަސްކަރީ ސިފައިން ތިބިކަމަށް ބުނާ ބުނުމެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިންޑިއާ ސިފައިން ތިބިކަމަށާއި، އިންޑިއާގެ ނުފޫޒް ރާއްޖޭގެ ދާޚިލީ ކަންކަމަށް ފޯރުވާކަމަށް އިދިކޮޅުން ތުހުމަތުކުރެއެވެ.

އިދިކޮޅުން ގެންދަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ޤައުމުން ބޭރުކުރުމަށް ގޮވާލާ އިންޑިއާ އައުޓްގެ ނަމުގައި ކެމްޕެއިން ހަރަކާތެއް ހިންގަމުންނެވެ. ނަމަވެސް ރައީސްގެ ޚައްޞަ ޤަރާރަކުން ވަނީ އެއީ ޤައުމީ ސަލާމަތަށް ހުރި ނުރައްކަލެއްކަމަށް ނިންމަވާ އެ ހަރަކާތް ހުއްޓުވުމަށް އިދާރާތަކަށް ޢަމުރުކުރައްވާފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަލީ ބިން ޔޫސުފް
މައިންބަފައިން ބުނާ ބަސް ނާހާ ސިޔާސަކުދިން ދައްކާވާހަކަ އަހަރުނެން ނާހަމެވެ.
ޢ ޢިއްބެ
ސައޫދީއަރަބިޔާގައިވެސްބޭރުގެސިފައިންއެބަތިބިދެންއެޤައުމުވާނީމިނިވަންކަންގެއްލިފައިވާޤައުމަކަށްތަ މިނިވަންކަންއަބަދުވެސްނަގާލަނީސިޔާސީގޮތުންމަސައްކަތްކުރާޖާހިލުން
ހ ހަނދު ހެންވޭރު
އެހެންޤައުމެއްގެ ސިފައިން ތިބުމަކީ މައްސަލައެއް ނޫން ދެއްތޮ، މިނިވަންކަމަކީ ކޮބައިކަން ޤައްސާނު މެންނަށް ނޭގުނަސް ރައްޔިތުންނަށް އެކަން އެނގޭ...؟
ޥ ޥ
މޑޕ ގަތިބީދެންއެނޫން ކޮންބައެތް ނުދަންނަމީހާޔަން މީކުޑަ ކުޑަ ގައުމެން އެފަދަ ކަންތަްތައް ބޭނުންވާނީ ތިފަދަ ގައްދާރުން ތިހާބޭނުމީވިޔާ ތިގޭގަ މޭޑަކަން އޭގެމީހަކު ގެނެނެްސް ބަހަށްޓަންވީނު