ކޯވިޑް19 އިން ރާއްޖެއަށް އަރައިގަނެވުނީ ދިވެހި ރައްޔިތުން ދެއްކި އެއްބައިވަންތަ ކަމުގެ ސަބަބުން ކަމަށާއި، ސިއްޙީ މި އާލަބީ ވަބާގައި ރާއްޖޭގެ އިގްތިސާދަށް ލިބިގެން ދިޔަ ގެއްލުންތައް ފޫބެއްދި، މިއަހަރު ނިމޭއިރު 2019 ވަނަ އަހަރު އިގްތިސާދު އޮތް ހާލަތަށް ރުޖޫއަ ވާނޭކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސާލިހު ވިދާޅު ވެއްޖެއެވެ.
ދިވެހިރާއްޖޭގެ 57 ވަނަ މިނިވަން ދުވަހުގެ މުޒާސަބަތުގައި ގައުމާ މުޚާތަބް ކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ މިއަހަރު ނިމޭއިރު ރާއްޖޭގެ އިގްތިސާދު ކޯވިޑްގެ ކުރީގެ ހާލަތަށް ތުޖުއަވި ނަމަވެސް، މި ކުރިއެމުގެ ހަގީގީފައިދާ ރައްޔިތުންނާއި ހަމައަށް ފޯރު ކޮށްދިނުމުގައި ހުރަސްތަކެއް އެބަހުރި ކަމުގައެވެ. ސަބަބެއް ކަމުގައި ވިދާޅުވީ އެންމެ ޒަރުރޫ މުދަލާތް ޚިދުމަތްތަކަށް ލޮޅުން ގެނުވާފަދަ ނާދިރު ހަގުރާމައިގެ ހާލަތަކަށް ދުނިޔެ ފެތިފައި ވުންކަމުގައެވެ.
މިގޮތުން މިހާރު ކުރިޔަށްދާ ރަޝިއާ ޔޫކުރެއިންގެ ހަގުރާމައާއި ގުޅިގެން މުޅި ދުނިޔޭގެ އިގްތިސާދަށް ލޮޅުން އަރަމުންދާ ކަމުގައި ވިދާޅުވަމުން ރައިށް ސާލިހު ވިދާޅުވެފައިވަނީ، ދިވެހިންނާއި މާދުރުގައި ހިގަމުންދާ ހަގުރާމައާއެކު މިހާރު އަނެއްކާވެސް މިތިބީ ނުއަތު އޮއިވަރުގެ މެދުގައި ކަމުގައި ރައީސް ސާލިހު ވިދާޅުވިއެވެ.
މި ހަނގުރާމައިގެ ސަބަބުން ހުރިހާ ގައުމަކަށް އޮތް ގޮންޖެހުންތައް އަޅުގަޑުމެންނާވެސް ކުރިމަތިވެއްޖެ. ކޯވިޑްގެ ގެއްލުމުން އަރައިގަތުމަށް އެޅުނު ފިޔަވަޅުތަކުގެ ހެޔޮ އަސަރާއި، މިހަނގުރާމައިގެ ނޭދެވޭ އަސަރުގެ ދެބަށްރާޅު ބައްދަލުވިތާ މަސްތަކެއް ފާއިތުވެއްޖެ. ރަޝިއާ ޔޫކުރެއިން ހަގުރާމައިގެ ސަބަބުން ތެލުގެ އަގާއި މުދަލުގެ އަގު އިންތިހާއަށް އުފުލިއްޖެ. ނަމަވެސް އޭގެ އަސަރު އެހެން ބައެއް ގައުމުތަކުގެ ރައްޔިތުންނަށް ކުރާވަރާއި ގާތަށްވެސް އަދި ދިވެހި ރައްޔިތުންނަކަށް ނުކުރޭ. ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި ބޮޑުވިވަރާ ކައިިރިއަށްވެސް ރާއްޖޭގައި ތެލުގެ އަގަށް ބަދަލެއް ނުގެންނެވެ.
ރައީސް ސާލިހު ވިދާޅުވިއެވެ.
ރައީސް ސާލިހުގެ ޚިތާބުގައި ވިދާޅުވީ އެގެ ސަބަބަކީ އޭގެ ހަގީގީ ބުރަ ސަރުކާރުން އުފުލަމުން ދާތީ ކަމުގައެވެ. ރައީސް ސާލިހު ވިދާޅުވި ގޮތުގައި މި ނާޒުކު ދަނޑިވަޅުގައި ދިވެހި އިގްތިސާދުގެ ހަމަ ހިފެހެއްޓުމަށް އަޅާންޖެހޭ ފިޔަވަޅު އެޅުން ކޮންމެހެން މުހިންމު ކަމުގައެވެ.
މިގޮތުން ރައީސް ސާލިހު ވިދާޅުވީ އެންމެ ފުރަތަމަ ކަމަކީ ސަރުކާރުގެ ޚަރަދު ކުޑަކުރުން ކަމުގައެވެ. މީގެތެރޭގައި ރިކަރަންތަ ޚަރަދުތައް ކުޑަ ކުރުމާއި، ސީދާ ބަޖެޓުން ހިންގާންޖެހޭ ބައެއް ޕްރޮޖެކްޓްތައް މަޑު ޖައްސާލުމާއި، ދައުލަތުގެ އާންމްދަނީ އިތުރު ކުރުމަށްތަކާ ސިޔާސަތުތަކަށް ބަދަލު ގެންނަމުން ކަމުގައިވެސް ރައީށް ސާލިހު ވިދާޅުވިއެވެ.