ދިވެހި ދައުލަތުގެ އެންމެ އިސް ޒިންމާއަކީ ގައުމުގެ އަމިއްލަ ވެރިކަމާއި މިނިވަންކަން ދެމެހެއްޓުން ކަމަށާއި، ސަލާމަތީ ބާރުތަކުގެ ރެއާއި ދުވާލު ކެނޑިނޭޅި ކުރައްވަމުން ގެންދަވަނީ އެ މަސައްކަތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ 57ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ގައުމާ މުޚާތަބްކޮށް ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވެފައިވަނީ، އެތެރެއާއި ބޭރުން ނުރައްކާ ކޮށްފާނެ ކޮންމެ ހާލަތަކަށް އަބަދާއަބަދު ހޭލާ ތިބެނީ ރާއްޖޭގެ ސިފައިންނާއި ފުލުހުން ކަމުގައެވެ.
ރައީސް ވިދާޅުވެފައިވަނީ އެބޭފުޅުންގެ މުގައްދަސް ގައުމީ ވާޖިބު އަދާކުރެއްވުމުގައި ހިމަ ނަރެއްގެ ޖާގަ ދެއްވުމަށް ދިވެހި އަސްކަރީ އަދި ސަލާމަތީ ބާރުތައް ތައްޔާރެއް ނޫންކަމުގައެވެ.
އަދި އެންމެ އެސްފިޔައެއް ޖަހާލާނެހާ ވަގުތުކޮލެއްވެސް އެބޭފުޅުން އިސްރާފެއް ނުކުރައްވާ. ނަތިޖާއަކީ އޭރުވެސް، މިހާރުވެސް، އަދި އިރާދަކުރެއްވިޔާ ތާއަބަދަށްވެސް މިނިވަން ދިވެހިރާއްޖެ މިނިވަންކަމުގައި ދެމިއޮތުން.
ރައީސް ސާލިހު ވިދާޅުވެފައި ވެއެވެ.
މިއަދު ގައުމާ މުޚާތަބުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވެފައިވަނީ ފާއިތުވެދިޔަ އަހަރުގެ މިނިވަން ދުވަސް ދިވެހިންނާއި ބައްދަލުކުރި އިރު ހާލަތު ވަރަށް ތަފާތުކަމަށާއި، ކުރިމަތިވަމުން އިޖުތިމާއީ ދަތިތަކާއި ކުރިމަތިވަމުންއައި އިގްތިސާދީ ގޮންޖެހުންތައް ގިނަ ކަމަށެވެ. އެހެންނަމަވެސް ކޯވިޑްގެ ދެ އަހަރަށްފަހު އިރާދަފުޅުން މިއަދު އެ ހާލަތު ބަދަލުވަމުންދާ ކަމުގައި ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިއީ ދިވެހި ރައްޔިތުން ދެއްކެވި އެބައިވަންތަ ނަމުނާގެ ހެޔޮ ނަތިޖާ ކަމުގައެވެ.
ކޮމެންޓު ފޮނުވާ