މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެ ވަޑައިގެންފި

މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެ ވަޑައިގެންފި

Author
ހުސެއިން
26 ޖުލައި 2022 07:17
0

ދިވެހިރާއްޖޭގެ ފަޚުރުވެރި މިނިވަންދުވަހުގެ މުނާސަބަތުގައި ބޭއްވުނު ދިދި ނެގުމުގެ ޚާއްސަ ރައްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސާލިހު ބައިވެރިވެ ވަޑައިގެންފިއެވެ.

ޖުމުހޫރީ މައިދާނުގައި މިއަދު ފަތުހު 5:50ގައި ބޭއްވުނު މި ރަސްމިއްޔާތަށް ޖުމުހޫރީ މައިދާނަށް ރައީސް ސާލިހު ވަޑައިގެންވުމުން އެމަނިކްފާނަށް މަރުހަބާ ވިދާޅުވީ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީއާއި ހޯމް މިނިސްޓަރ ޝެއިޚް އިމްރާންއެވެ.

މިރަސްމިއްޔާތުގައި ހެނދުނު 6:00 ގައި، ޖުމުހޫރީ މައިދާނުގެ ކޯއްޓޭއަށް ދިވެހި ދިދަ ނެގުމުގެ އިތުރުން ގައުމީ ދިފާއީ ބާރުން ގައުމީ ސަލާމް ކުޅެއްފައި ވެއެވެ.

ދިދި ނެގުމަށްފަހު ޖުމުހޫރީ މައިދާނުގައި ވަނީ ދުވަހާއި ގުޅޭގޮތުން ޚާއްސަ ދުއާއެއްވެސް ކޮށްފައެވެ. އިސްވެ މިދުއާ ކޮށްދެއްވާފައިވަނީ އިސްލމިކް މިނިސްޓްރީގެ ވާއިޡް އައްޝައިޚް އަހުމަދު މައުމޫންއެވެ.

މިއަދު ހެދުނު ބޭއްވުނު ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔޭގެ އަނބިކަބަލުން ފަޒުނާ އަހުމަދުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމާއި ދައުލަތުގެ ބައެއް ވަޒީރުން ވައިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި ދިވެހިރާއްޖޭގައި ތިއްބަވާ ބޭރުގެ ގައުމުތަކުގެ ސަފީރުންވެސް ބައިވެރިވެވަޑައިގެންފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.