ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނުއަގުގައި އެޅުއްވިކަމަށް ތަކުރާތުކޮށް އެތައްފަރަކު މިސަރުކާރުން ވިދާޅުވަމުންދިޔަ ހޮސްޕިޓަލަކީ ލައްކަ އަގެއް ހުރި ހޮސްޕިޓަލަކަށް މިއަދު ވެފައިވާކަމުގައި މާލެ ސިޓީގެ މޭޔަރުގެ މަޤާމަށް ވާދަ ކުރައްވާ އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އިޤްތިޞާދީ ހާލަތު ދަށްވެ 300 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކެއް އިޝޫ ކުރުމަށް ޞިއްޚީ ނިޒާމު ހަރުދަނާ ކުރުމަށް ރައީސް ޔާމީން ބިނާކުރެއްވި ދަރުމަވަންތަ ހޮސްޕިޓާ ރަހުނު ކުރަން ސަރުކާރުން ނިންމެވި ނިންމުމާއި ގުޅިގެން އަލްހާން ވިދާޅުވީ އެއިމާރާތަކީ މިސަރުކާރުން ވެރިކަމަށް އައުމުގެ ކުރިންވެސް އަދި ވެރިކަމަށް އައުމަށްފަހުގައިވެސް ބޮޑު ކޮރަޕްޝަނެއްގެ ސިފައިގައި އޮތް ތަނެއްކަމަށެވެ. ނުއަގުގައި އެތަން އެޅުއްވި ވާހަކައާއި، އެތަން ފަރުމާކުރި ވާހަކަ އެތައް ފަހަރަކު ދެއްކުމަށްފަހު މިއަދު ސަރުކާރަށްވެސް އެތަނަކީ އަގެއް ހުރި ތަނެއްކަން ވިސްނިފައިވާކަމަށް އަލްހާން ވިދާޅުވިއެވެ.
ރައީސް ޔާމީން ނުއަގުގައި އެޅުއްވިކަމަށް މިސަރުކާރުން ބުނާ، ދަރުމަވަންތަ ހޮސްޕިޓާ ހުރި ބިމާއި އެބިމުގައިވާ އެންމެހާ އިމާރާތާއި ވަޅުފަދަ ތަންތަން 300 މިލިޔަން ޑޮލަރު ދައުލަތަށް ހޯދަން ބޭނުން ކުރުމަކީ މައްސަލައެއް ނޫން! އެހޮސްޕިޓަލުގެ އަގު ހުރިކަން ލައްކަ ސާފުވެއްޖެ!
– އަލްހާން ފަހުމީ ވިދާޅުވިއެވެ.
25 ފަންގިފިލާގެ ދަރުމަވަންތަ ހޮސްޕިޓަލުގައި ސިއްޙީ ޚިދުމަތް ދިނުމަށް ޚާއްސަކޮށްފައިވަނީ ފުރަަމަ 17 ފަންގިފިލާއެވެ. އަދި 18 ވަނަ ފަންގިފިލައިން މަތީގައި ހިމެނެނީ އެގްޒެކެޓިވް ރޫމާއި، ބޭރުން އަންނަ ޑޮކްޓަރުންގެ އެކަމަޑޭޝަނާއި، ރައީސުލްޖުމްހޫރިއްޔާއާއި އެމްބެސެޑަރުން ފެންވަރުގެ ބޭފުޅުންނަށް ޚާއްސަ ފަންގިފިލާއަކާއި، އަދި އެންމެ މަތީ ފަންގިފިލާގައި ހިމެނެނީ ރެސްޓޯރެންޓެކެވެ.
ދަރުމަވަންތަ ހޮސްޕިޓަލަކީ ސިއްޙީ ޚިދުމަތް ހޯދުމަށް ރާއްޖެއިން ބޭރަށްދާންޖެހޭ ދިއުން މަދުކޮށް ބޭރަށްދާ ދިޔުން މަދުކޮށް، ރާއްޖޭގައި ތިވެގެން ދުނިޔޭގެ ފެންވަރުގެ ސިއްޙީ ޚިދުމަތް ދިނުމަށް، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފަށާފައިވާ 2.2 ބިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ. ދަރުމަވަންތަ ހޮސްޕިޓަލާއެކު އައިޖީއެމްއެޗްގެ ޖާގަ 500 އެނދަށް އިތުރުވާނެއެވެ.
ދަރުމަވަންތަ ހޮސްޕިޓަލަަކީ ރައީސް ޔާމީންގެ ސަރުކާރުން ހިންގަވާފައިވާ ބޮޑު ކޮރަޕްޝަނެއްކަަމަށް ވިދާޅުވެ ރައީސް ޞާލިހުއާއި، މިސަރުކަރުގެ އިސްބޭފުޅުން އެތަކެއް ފޯރަމެއްގައި ވާހަކަ ދައްކަވާފައިވާ އިމާރާތެކެވެ.
ކޮމެންޓު ފޮނުވާ