މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި މާދަމާރޭ މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ބަޑިބޭހުގެ ކުޅިވަރުތައްވެސް ސަރުކާރުން ކެންސަލް ކޮށްފިއެވެ.
ސަރުކާރުން ކުރިން ހަމަޖައްސާފައި އޮތީ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ބަޑިބޭހުގެ ކުޅިވަރުތައް ޖުމުހޫރީ މައިދާނުގައި ބޭއްވުމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހަވާއެރުވުން އެމްއެންޑީއެފްއިން ކެންސަލް ކޮށްފައިވަނީ، ޚަރަދު ކުޑަކުރުމަށް ސަރުކާރުން ނިންމާފައިވާތީ ރައީސް އިބުރާހިމް މުހައްމަދު ސާލިހުގެ އެންގެވުމަށެވެ.
މިނިވަންދުވަހުގެ މުނާސަބަތުގައި މިއަހަރު ބޭއްވުމަށް ހަމަޖެހުނު ފުޅަނދުބުރާއި އަދި ރަސްމީ ޖަލްސާވެސް މިއަހަރު ނުބާއްވާގޮތަށް ހަމަޖެހުމާއި ގުޅިގެން، މިއަހަރުގެ މިނިވަންދުވަހު އޮންނާނީ މާދަމާ ހެނދުނު 6:00 ޖަހާއިރު ބޭއްވުމަށް ހަމަޖެހިފައިވާ ދިދަ ނެގުމުގެ ރަސްމިއްޔާތު އެކަންޏެވެ.
ކޮމެންޓު ފޮނުވާ