ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ ގޮންޖެހުންތަކާއެކު ދިވެހި ސަރުކާރުން ދައުލަތުގެ ޚަރަދު ކުޑަކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން، މިއަހަރު މިވަންދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ ފުޅަނދު ބުރާއި މިނިވަން ދުވަހުގެ ޖަލްސާ ކެންސަލް ނުބޭއްވުމަށް ހޯމް މިނިސްޓްރީން ނިންމައިފިއެވެ.
މިގޮތުން މިހާރު ހަމަ ޖެހިފައިވާ ގޮތުން މިނިވަން ދުވަހާ ގުޅިގެން ހޯމް މިނިސްޓްރީން މިހާރު ބޭއްވުމަށް ނިންމާފައިވާ ހަމައެކަނި ހަރަކާތަކީ މިނިވަންދުވަހު ހެނދުނު ބޭއްވުމަށް ހަމަޖެހިފައިވާ ދިދަ ނެގުމުގެ ރަސްމިއްޔާތެވެ.
ސަރުކާރުން ޚަރަދު ކުޑަކުރުމަށްޓަކާ އަޅާ ފިޔަވަޅުތައް ފިނޭންސް މިނިސްޓްރީން އިއުލާން ކޮށްފައި ވަނިކޮށް މިއަހަރުގެ މިނިވަންދުވަހުގެ މުނާސަބަތުގައި ފުޅަނދުބުރު ބޭއްވުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެގެން ދިޔައެވެ.
ސަރުކާރުން މިނިވަންދުވަހުގެ އުފަލުގައި އެންމެ ފަހުން ފުޅަނދުބުރު ބާއްވާފައިވަނީ ރާއްޖޭގެ 54 ވަނަ މިނިވަން ދުވަހާ ގުޅުވައިގެން 2019 ވަނަ އަހަރު އެވެ.
ކޮމެންޓު ފޮނުވާ