ޒައިދު ސަރުކާރަށް: މި ރާއްޖެ ސަދޫމަށް ވިޔަ ނުދެއްވާ!

ޒައިދު ސަރުކާރަށް: މި ރާއްޖެ ސަދޫމަށް ވިޔަ ނުދެއްވާ!

Author
މުޙައްމަދު ޖިމީ
23 ޖުލައި 2022 05:28
0

މިރާއްޖެ ސަދޫމަށް ވިޔަ ނުދިނުމަށް ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަލީ ޒައިދު ގޮވާލައްވައިފިއެވެ.

ޢަލީ ޒައިދު މިހެން ގޮވާލެއްވީ ރާއްޖޭގެ ސިޔާސީ ބައެއް މީހުންނާއެކު ބަންގްލަދޭޝްގެ އަލަމްގިރި އެއްޖިންސުން ގުޅުން ހިންގާފައިވާކަމަށް ތުހުމަތުކުރެވޭއިރު، އަލަމްގިރި ގާތަށް އެތައް ސަތޭކަ ދިވެހިން ދިޔަކަށް ދެކެވެ ވާހަކަތަކާއި ގުޅިގެންނެވެ. ޢަލީ ޒައިދު ވަނީ އެމީހުން ހިފާ ހައްޔަރުކުރުމަށް ސަރުކާރަށް ގޮވާލައްވާފައެވެ. އަދި ސަދޫމަށް ވިޔަ ނުދިނުމަށް ގޮވާލައްވާ ޒައިދު ވަނީ، މަތީ މަޤާމުތަކުގައި ތިބި މީގެ މީހުން ތިބިނަމަ މޫނަކަށް ކަނދުރާއަކަށް ނުބައްލަވާ އަވަހަށް ވަކި ކޮށްދެއްވުމަށްވެސް އެދިވަޑައިގެންފައެވެ.

މި އެންމެން ހިފާ ހައްޔަރު ކުރައްވާ! މި ރާއްޖެ ސަދޫމަށް ވިޔަ ނުދެއްވާ! މަތީ މަޤާމުތަކުގައި ތިބި މީގެ މީހުން ތިބިނަމަ މޫނަކަށް ކަނދުރާއަކަށް ނުބައްލަވާ އަވަހަށް ވަކި ކޮށްދެއްވާ! ފިރެހުންނަށް އެދުންވެރިކަން އަންނަނީ އެންމެ "ސިކް" މީހުން. މިކަހަލަ ބަޔަކު މުޖުތަމަޢުގައި ދޫވެގެން ނުވާނެ!

– ޢަލީ ޒައިދު ވިދާޅުވިއެވެ.

ބަންގްލާދޭޝްގެ އަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގި ބައެއް ވީޑިއޯތައް އާންމުވެފައިވެއެވެ. އެގޮތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރާއި، އެނޫންވެސް ބައެއް ފިރިހެނުން ހިމެނެއެވެ. އެ ވީޑިއޯތައްވެސް ރިކޯޑްކޮށްފައިވަނީ އަލަމްގިރިއެވެ.

ދިވެހިންގެ އިތުރުން ބިދޭސީން ވެސް އަލަމްގީރާ އެކު ގުޅުން ހިންގާފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ. މި މައްސަލާގައ އަލަމްގިރި ހައްޔަރުކޮށްފައިވީނަމަވެސް، އޭނާއާއެކު ގުޅުންހިންގިކަމަށް ތުހުމަތުކުރެވޭ އެއްވެސް މީހަކު ހައްޔަރުކުރިކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. މިކަމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޥ ޥ
ވާކަން ނެތް މިހާރު މުޅިރާޖޭގަ ފެތުރުމަން ޗާސްއޮތީދީފަކަންނޭގެއެކަމާއަޅާލާތަނެށް ނުފެނޭ