ޝައިޚް ފަޒްލޫން އެދުނީ ހެޔޮ ދުޢާގައި ހައްޔަރުކުރި އެންމެން ޝާމިލްކޮށްދިނުމަށް

ޝައިޚް ފަޒްލޫން އެދުނީ ހެޔޮ ދުޢާގައި ހައްޔަރުކުރި އެންމެން ޝާމިލްކޮށްދިނުމަށް

Author
މުޙައްމަދު ޖިމީ
22 ޖުލައި 2022 11:54
0

ބައިނަލްއަޤްވާމީ ޔޯގާ ހަރަކާތަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެންމެން، ހުރިހާ އަޚުންނާއި އުޚުތުންގެ ދުޢާގައި ޝަމިލްކޮށްދިނުމަށް، ޔޯގާ ހަމަނުޖެހުމާއި ގުޅިގެން ހައްޔަރުކުރި ޝައިޚް ފަޒްލޫން ބިން މުޙައްމަދު އެދިވަޑައިގެންފިއެވެ.

ޝައިޚް ފަޒުލޫން މިހެން ވިދާޅުވީ، މަހެއްހާ ދުވަހު ޖަލުބަންދުގައި ބެހެއްޓުމަށް ފަހު ދޫކޮށްލުމުން ކުރެއްވި ޓްވީޓްގައެވެ.

ޝައިޚް ފަޟްލޫން ދޫކޮށްލާފައިމިވަނީ ޖަލުގައި މަހެއްހާ ދުވަސް ބަންދުކޮށްފައ ބެހެއްޓުމަށްފަހުއެވެ. ޝައިޚް ފަޟްލޫން ދޫކޮށްލުމަށް ކޯޓުން ކުރި ޢަމުރުގައި ވަނީ މާލެއިން ބޭރަށް ދާނަމަ، އަދި ރާއްޖެއިން ބޭރަށް ދާނަމަ ކޯޓަށް އެކަން އެނގުމަށެވެ. އަދި އުޅޭ އެޑްރެސް އެންގުމަށާއި އެޑްރެސް ބަދަލުވެއްޖެ ނަމަ އެކަންވެސް އެންގުމަށެވެ. މީގެ އިތުރުން ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދިނުމަށްވެސް ކޯޓުން ޝަރުތުކޮށްފައިވެއެވެ.

ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތް ބޭއްވީ ޔޫތު މިނިސްޓްރީއާއި އިންޑިއަން ކަލްޗްރަލް ސެންޓަރު ގުޅިގެންނެވެ. މި ހަމަނުޖެހުން ހިނގިވަގުތު އެތަނުގައި އިންޑިއާ ސަފީރާއި، ޔޫތު މިނިސްޓަރ މަޚްލޫފާއި، އެނޫންވެސް ބޭރުގެ ޑިޕްލޮމޭޓުން ތިއްބެވެ. މިކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ދަނީ ބަލަމުންނެވެ.

އަދި މި މައްސަލަ ބެލުމަށް ވަޒީރުންގެ މަޖިލީހުގެ ސަބް ކޮމިޓީއެއް ރައީސް އުފައްދަވާފައިވެއެވެ. އަދި ރައީސްވެސް ވަނީ އެ ހަމަނުޖެހުން ކުށްވެރިކުރައްވާފައެވެ.

ދީނީ ޢިލްމުވެރިން ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހާފައިވާއިރު، އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުކުރެވޭ މީހުން ބަންދު ނުކޮށް ދޫކޮށްލާފައިވާ މައްސަލާގައި ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރާ ހޯމް މިނިސްޓަރަށް ވަނީ އަމާޒުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.