ރައުދާގެ މަރުގެ މައްސަލަ އަލުން ތަހުގީގްކުރަން އަންގައިފި

ރައުދާގެ މަރުގެ މައްސަލަ އަލުން ތަހުގީގްކުރަން އަންގައިފި

ގުޅުންހުރި

ބަންގްލަދޭޝްގައި މަރުވެފައި އޮއްވާ ފެނުނު ދިވެހި ދަރިވަރު ރައުދާ އާޠިފްގެ މަރުގެ މައްސަލަ ތަހުގީގުކުރަން ބަންގްލަދޭޝްގެ ރާޖްޝާހީ ކޯޓުން ފުލުހުންނަށް ޢަމުރުކޮށްފިއެވެ.

ބަންގްލަދޭޝްގެ އިސްލާމީ ބެންކް މެޑިކަލް ކޮލެޖުގައި ތައުލީމް ހާސިލްކުރަމުންދިޔަ ޢުމުރުން 21 އަހަރުގެ ރައުދާ މަރުވެފައި އޮތްވާ ފެނުނީ އޭނާ ދިއރިއުޅުނު ކޮޓަރިތެރޭގަައި ދަންޖެހިފައި ހުއްޓާ 2017ވަނަ އަހަރުގެ މާޗްމަހުގެ 29ވަނަ ދުވަހުއެވެ.

ރައުދާގެ މަރުގެ މައްސަލާގައި ބަންގްލަދޭޝް ސަރުކާރުން އެ މައްސަލަ ތަހުގީގްކޮށް، ޕޯސްޓްމޯޓަމްވެސް ހަދާފައިވެއެވެ. އަދި އެޤައުމުގެ ފުލުހުން ނިންމާފައިވަނީ ރައުދާ އަމިއްލައަށް މަރުވީކަމަށެވެ.

ނަމަވެސް ރައުދާގެ މަރަކީ އަމިއްލައަށް މަރުވުން ނޫންކަމަށް ބުނެ، ރައުދާގެ ބައްޕަ މުޙައްމަދު އާތިފް ވަނީ އެއީ ގަތުލެއްކަމަށް ތުހުމަތުކޮށް އެ މަރުގެ މައްސަލަ ބަލައިދިނުމަށް އެތައް ފަހަރެއްގެމަތިން ފުލުހުންގެ ކިބައިން އެދިފައެވެ. އެގޮތުން ބަންގްލަދޭޝް ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ) އިން ތައްޔާރުކޮށް ރާޖްޝާހީ މެޓްރޮޕޮލިޓޭން މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި ފައިނަލް ރިޕޯޓަށްވެސް ރައުދާގެ ބައްޕަ އާތިފް ދެކޮޅު ހަދާފައިވެއެވެ.

މަރުގެ މައްސަލަތައް ބެލުމަށް އުފެއްދި ރިޔާސީ ކޮމިޝަނުންވެސް ވަނީ ރައުދާ އަމިއްލައަށް މަރުވީކަމަށް ކަނޑައަޅާފައެވެ. އެ ރިޕޯޓްވެސް ރައުދާގެ ބައްޕަ ގަބޫލުކޮށްފައެއް ނުވެއެވެ.

ބަންގްލަދޭޝްގެ ނޫހެއްގައި ރައުދާގެ ބައްޕަގެ ވަކީލާއި ހަވާލާދީ ރިޕޯޓުކޮށްފައިވަނީ، ރާޖްޝާހީ ކޯޓުން އެ މައްސަލަ އެސިސްޓެންޓް ސުޕްރިޓެންޑެންޓް ޕޮލިސް (އޭއެސްޕީ) އޮފިސަރަކާއި ހަވާލުކޮށްގެން އަލުން އެ މައްސަލަ ތަހުގީގު ކުރުމަށއ އިއްޔެ ޢަމުރުކޮށްފައިވާކަމަށެވެ. 6ވަނަ ފަހަރަށް މި މައްސަލަ ތަހުގީގުކުރުމަށް އަންގާފައިވާ އަމުރުގެ ކޮޕީ ރާޖްޝާހީގެ ފުލުހުންނަށް ފޮނުވާފައިވާ ކަމަށްވެސް އޭނާއާއި ހަވާލާދީ ނޫސްތަކުގައިވެއެވެ.

ރައުދާ އާތިފް މަރުވިއިރު އޭނާ ދިޔައީ ބަންގްލަދޭޝްގެ އިސްލާމިކް ބޭންކް މެޑިކަލް ކޮލެޖުން އެމްބީބީއެސް ހަދަމުންނެވެ. މި މައްސަލާގައި ދިވެހި ފުލުހުންގެ ޓީމެއްވެސް ބަންގްލަދޭޝަށްގޮސް ތަހްޤީޤްގައި ބައިވެރިވެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ