ޑރ. ޖަމީލަކީ ބޮޑާކަމާއި ޖަހާލަތުގެ ވާހަކަ ދައްކަން އެންމެ ރަގަޅު މީހާ ނޫންކަމާށާއި، ޖަމީލުގެ ކިބައިން ފެންނަނީ ޒާތީ ހަސަދަ ފިލުވަން އުޅޭ މަންޒަރު ކަމުގައި ޓްރޭޑް ޔޫނިއަންގެ ނައިބް ރައީސް އަދި ކުރީގެ ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް ކުންފުނީގެ ބޯޑުގެ ޗެއަރމަން ސައުދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.
ހިނދުކޮޅަކަށް ވެސް މިނިވަންކަން ނަގާލުމަކީ ބަދަލުނުދެވޭ ވަރުގެ އަނިޔާއެއް ކަމުގައި ވިދާޅުވެ ޑރ. ޖަމީލް އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާނަށް ފާޑު ވިދާޅުވެ ކުރެއްވި ޓުވީޓަކަށް ރައްދު ދެއްވާ ސައުދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ޝޭއިޚް އިމްރާނަކީ ބޮޑާ އަދި ކިބުރުވެރި މީގެއް ނޫންކަން ގައުމުގެ އެންމެން ގަބޫލު ކުރާނެ ކަމުގައެވެ.
https://t.co/LM5xH2MxWd Mi vaahaka dhahkan Jameel akee enme rangalhu meehaa eh noon.Sheyhu @ShimranAb akee bodaa kamaai.kiburuveri meeheh noon kan miqaumuge enmen qabool kuraane.Dr jameel mihaaru dhahkaa vaahakayaa Y verikamuga dhehki vaahaka adhi ehfaharu amihla fulhah hithah ..
— Saudulla Ahmed (@saudullaahmed1) July 19, 2022
ސައުދު ވިދާޅުވެފައިވަނީ ޑރ. ޖަމީލު މިހާރު ދައްކާ ވާހަކައާއި ރައީސް ޔާމިންގެ ވެރިކަމުގައި ދެއްކި ވާހަކަ އަދި އެއްފަހަރު އަމިއްލަފުޅަށް ހިތަށް ގެނައުން މުހިންމު ކަމަށާއި، ސިޔާސީ ވިޔަސް އިންސާނާ އޭނާގެ ނަފްސަށްް މަލާމާތް ކުރަން ނުވާނެ ކަމުގައެވެ.
ސައުދު ވިދާޅުވި ގޮތުގައި ޑރ. ޖަމީލްގެ ކިބައިން ފެނިގެން ދަނީ، ކުރިން ދެއްކި ވާހަކަތަކަށް ބެލުމެއްނެތި، ޝެއިޚް އިމްރާނާމެދު އޮތް ޒާތީ ހަސަދަ ފިލުވަން މަސައްކަތް ކުރާ މަންޒަރުކަމުގައެވެ.
އެއްވެސް ފަރާތަކަށް، އަނިޔާއެއް ނުކުރާކަމަށް ވިދާޅުވެ ޝެއިޚް އިމްރާން ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުން، ޑރ. ޖަމީލު ވިދާޅުވެފައިވަނީ، ހިނދުކޮޅަކަށްވެސް ރައްޔިތެއްގެ މިވަންކަން ނަގައިލައިފިނަމަ، އެއީ ބަދަލު ނުދެވޭ ވަރުގެ ކަމެއްކަން، ގާނޫނު އަސާސީގެ 21 ވަނަ މާއްދާއިން ކަށަވަރުކޮށްދޭކަމަށެވެ.
ޑރ. ޖަމީލު ޝެއިޚް އިމްރާނަށް ފާޑު ވިދާޅުވެފައިވާއިރު، އޭނާ ފާހަގަ ކުރެވިފައިވަނީ ރައީސް ޔާމިންގެ ވެރިކަން ނިމުމަކަށް ގެނައުމަށް އެންމެ އިސްކޮށް މަސައްކަތް ކުރެއްވި، އަދި ރައީސް ޔާމިނަށް އެންމެ ގިނައިން ވަގަށް ގޮވި އެއް ބޭފުޅެއްގެ ގޮތުގައިއެވެ. އަދި ރައީސް ޔާމިންގެ ވާހަކަފުޅުތައް އެންމެ ވައްތަރީ ފިރުއައުނު ދެއްކި ޒާތުގެ ވާހަކަފުޅުތަކާ ކަމަށްވެސް އޭރު ޖަމީލް ވިދާޅުވެފައި ވެއެވެ.
އެހެންނަމަވެސް، މިހާރު ވިދާޅުވަމުން ގެންދަވަނީ، ރައީސް ޔާމިންއަކީ ތަރައްގީގެ ބާނީ ކަމަށާއި، ރައީސް ޔާމިންގެ މައްޗަށް ކުރަމުންދަނީ ދޮގު ތުހުމަތުތަކެއް ކަމުގައެވެ.
ކޮމެންޓު ފޮނުވާ