"ޖަލަކް ދިކްލާޖާ" އެނބުރި އަންނަން ތައްޔާރުވެއްޖެ

"ޖަލަކް ދިކްލާޖާ" އެނބުރި އަންނަން ތައްޔާރުވެއްޖެ

Author
ފާތިމަތު ނާވީ
20 ޖުލައި 2022 06:56
0

ރިއަލިޓީ ޓީވީ ޝޯ "ޖަލަކް ދިކްލާޖާ" ފަސް އަހަރުގެ މެދުކެނޑުމަކަށް ފަހު ދައްކަން ފަށަން ތައްޔާރު ވެއްޖެއެވެ.

ސެލެބްރިޓީންނާއި އެކުގައި ކުރިއަށް ގެންދާ މި ޝޯ ދައްކަނީ ކަލާސް ޓިވީންނެވެ. މި ޝޯ 10 ވަނަ ސީޒަނާއެކު އެނބުރި އަންނަކަން މިހާރު ކަށަވަރު ވެފައި ވާއިރު، ޖަޖުންގެ ޕެނަލް ވެސް މިހާރު ވަނީ އިއުލާން ކޮށްފައެވެ.

މިފަހަރުގެ ޖަޖުންގެ ޕެނަލުން ފެނިގެންދާނީ 'އައިޓަމް ގާލް’ގެ ގޮތުގައި މަޝްހޫރު ނޯރާ ފަތޭހީ އާއި އެފަދަ ދެވަނައެއް ނެތް ބޮލީވުޑްގެ ކުރީގެ އެކްޓްރެސް އަދި ކުޅަދާނަ ނެށުންތެރިއާ މާދުރީ ޑިކްސިޓް އާއި ބޮލިވުޑްގެ ނުފޫޒު ގަދަ ޑައިރެކްޓަރ އަދި ޕްރޮޑިއުސަރ ކަރަން ޖޯހަރެވެ.

މި ޝޯގެ އެންމެ ފަހު ސީޒަން ދައްކާފައިވަނީ 2016 ން 2017 އަށެވެ. އެ ސީޒަންގައި ޖަޖުކަން ކުރީ ފިލްމީ ތަރި ޖެކޮލީން ފެރްނާންޑޭސް އާއި ކަރަން ޖޯހަރާއި ކޯރިއޮގްރާފަރު ގަނޭޝް ހެގްޅޭގެ އިތުރުން ފަރާ ޚާނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

A Angela
ޖަޖުންގެ ޕެނެލް ކަމަކު ނުދޭ ކިތައްމެ މޮޅަށް ނެށިޔަސް ނަށަން ދަސްކޮށްދޭ މީހަކު ހިމަނަން ޖެހޭނެ