ވޭތުވެދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ އއ.ތޮއްޑޫއަށް ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން އއ. ތޮއްޑުއަށް 147.4 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. ދެން އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ މާލެ ސަރަޙައްދަށެވެ. އެގޮތުން ހުޅުލެއަށް 139.4 މިލިމީޓަރުގެ ވާރޭ ވެހުނުކަމަށް ރެކޮޑްކޮށްފައިވެއެވެ.
ވިއްސާރަވެ މާލޭގައި ފެން ބޮޑުވުމުގެ ސަބަބުން، ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފާ ކަމާ ގުޅުންހުރި ފަރާތްތަކުން ކޮށްފައިވެއެވެ. އިއްޔެ މެންދުރުފަހުން ފެށިގެން ވެހެންފެށި ވާރޭ ހުއްޓާ ނުލައި 5 ގަޑިއިރަށްވުރެ ގިނައިރު ވެހިފައިވެއެވެ. މީގެ ސަބަބުން މާލޭގެ ބައެއް މަގުތަކުގައި ވަރަށްބޮޑަށް ފެންބޮޑުވެ ހިނގާ މީހުންނަށާއި ދުއްވާ ތަކެއްޗަށް ދަތިތަކާ ކުރިމަތިވެފައިވެއެވެ.
ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި ވާރޭ ރެކޯޑުކުރެވިފައިވާ ރާށްތަކަށް ބަލާއިރު، އެންމެ ބޯކޮށް ވެހިފައިވަނީ މެދުރާއްޖެ ސަރަހައްދަށެވެ. އެގޮތުން އއ. ތޮއްޑޫގެ އޮޓަމެޓިކް ވެދަރ ސްޓޭޝަންއިން 147މމ ރިކޯޑުކުރެވިފައިވެއެވެ. pic.twitter.com/rAkXHCokcn
— Maldives Meteorology (@MetMaldives) July 18, 2022
ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށްވެސް މޫސުން ގޯސްވާނެތީ، މޫސުމަށް ސަމާލްވުމަށް ކަމާ ގުޅުންހުރި ފަރާތްތަކުން އަންނަނީ އިލްތިމާސްކުރަމުންނެވެ. އެގޮތުން ވިއްސާރަވެ ފެންބޮޑުވެދާނެކަމަށް ސަމާލްވުމާ ކަނޑު ދަތުރުކުރާ ފަރާތްތަކުން ސަމާލްވުމަށް އިލްތިމާސްކުރެއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ މިއަދުވެސް މުޅި ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައެވެ.