މިރޭ ވިލިމާލޭގައި ހަވާ އެރުވުމަށް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ ޖުލައި 15 ވާ ހުކުރު ދުވަހުގެ ރޭ (މިރޭ) 21:30 ގައި، ވިލިމާލެ އުތުރު ސަރަޙައްދު ބަނދަރާ ދިމާ ބޭރުން ހަވާއެރުވުން ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ. ނަމަވެސް މިއީ ކޮންކަމާއި ގުޅިގެން އަތުވާ ހަވައެއްކަމެއް ހާމަކުރައްވާފައިނުވެއެވެ.
ޖުލައި 15 ވާ ހުކުރު ދުވަހުގެ ރޭ (މިރޭ) 21:30 ގައި، ވިލިމާލެ އުތުރު ސަރަޙައްދު ބަނދަރާ ދިމާ ބޭރުން ހަވާއެރުވުން ބޭއްވުމަށް ހަމަޖެހިފައިވާކަން މަޢުލޫމާތަށްޓަކައި ދަންނަވަން.
— Maldives National Defence Force (@MNDF_Official) July 15, 2022
އެމްއެންޑީއެފުންވަނީ ނިމިދިޔަ އަޟުހާ އީދުގައިވެސް ރާއްޖޭގެ 18 ރަށެއްގައި ހަވާ އަރުވާފައެވެ.
ތަފާތު މުނާސަބަތުތަކާ ގުޅުވައިގެން މާލެއާއި މާލޭން ބޭރުގައިވެސް ހަވާއެރުވުމުގެ ހަރަކާތްތައް ކުރިއަށް ގެންދެއެވެ. މިކަން ކުރަނީ އެމްއެންޑީއެފްގެ ބެލުމުގެ ދަށުންނެވެ.
ކޮމެންޓު ފޮނުވާ