އޮޒިލް ބަޝަކްޝެހީރަށް ސޮއިކޮށްފި

އޮޒިލް ބަޝަކްޝެހީރަށް ސޮއިކޮށްފި

Author
މުޙައްމަދު ޝަޒައިމް
15 ޖުލައި 2022 02:20
0

ތުރުކީގެ މަޝްހޫރު ކްލަބް، ފެނަބާޗޭ އިން ކޮންޓްރެކްޓް އުވާލި ޖަރުމަނުގެ މިޑްފީލްޑަރު، މެސުޓް އޮޒިލް, އިސްތަންބޫލް ބަސަކްޝެހީރަށް ސޮއިކުރަން ނިންމައިފިއެވެ.

މިދިޔަ ބުދަ ދުވަހު ފެނަބާޗޭ އިން އޮޒިލް، 33، ގެ ކޮންޓްރެކްޓް އުވާލީ ބާކީ ތިން އަހަރެއްހާ ދުވަސް އޮއްވައެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު އޮޒިލް އާސެނަލް ދޫކޮށް، ފެނަބާޗޭއާ ގުޅުނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

އޮޒިލް މީގެ ކުރިން ފެނަބާޗޭއާ ގުޅިފައިވަނީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހު، ހިލޭ ޓްރާންސްފާއެއްގެ ދަށުން ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް މި އަހަރުގެ މާޗު މަހުގެ ތެރޭގައި ޓީމުން ބާކީކުރި ފަހުން، އޭނާ ފެނަބާޗޭއަށް ކުޅެފައެއް ނުވެއެވެ.

އޮޒިލް ހާމަކޮށްފައިވާ ގޮތުގައި ފެނަބާޗޭ އާއެކު ގިނަ ކާމިޔާބީތަކެއް ހޯދުމަކީ އޭނާ ކުޑައިރުން ފެށިގެން ދެކެމުން އައި ހުވަފެނެއް ކަމަށެވެ. އެއާއެކު އޮޒިލް ވަނީ ފެނަބާޗޭގެ ކޮމިއުނިޓީ އާއި ސަޕޯޓަރުންނަށް ޝުކުރު އަދާކޮށްފައެވެ. އޭނާ ފެނަބާޗޭގައި ހޭދަކުރި ދޮޅު އަހަރު ދުވަހުގެ ތެރޭގައި ވަނީ 37 މެޗު ކުޅެދީނުވަ ލަނޑު ކާމިޔާބުކޮށްދީފައެވެ.

ޖަރުމަނު ގައުމީ ޓީމުން 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ޓީމުގައި މޮޅަށް ކުޅުނު އޮޒިލް 2018 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ޖަރުމަނު ޓީމުން ރިޓަޔާކުރީ އުފެދުނު ހިޔާލު ތަފާތުވުންތަކެއްގެ ސަބަބުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.