ގޮތަބަޔާ ދަތުރުކުރެއްވުމަށް ޕްރައިވެޓް ޖެޓެއް ރާއްޖެ އައިސްފި: ރިޕޯޓް

ގޮތަބަޔާ ދަތުރުކުރެއްވުމަށް ޕްރައިވެޓް ޖެޓެއް ރާއްޖެ އައިސްފި: ރިޕޯޓް

ގުޅުންހުރި

ސްރީލަންކާގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސަ ރާއްޖެއިން ފުރައިވަޑައިގަތުމަށް ޕްރައިވެޓް ޖެޓެއް ރާއްޖެ އައިސްފައިވާކަމަށް ބޭރުގެ މީޑިއާ ރިޕޯޓްތަކުން ބުނެފިއެވެ.

ލަންކާގެ ރައީސް އެޤައުމުގެ ހަމަނުޖެހުންތަކާއި ގުޅިގެން ފިއްލަވައިގެން ރާއްޖެ ވަޑައިގަތީ އިއްޔެ ރެއެވެ. އޭގެ ފަހުން ރާއްޖެއިން ފުރައިވަޑައިގަތުމަށް ރޭ މަސައްކަތްކުރެއްވިކަމަށް އަޑުތައް ފެތުރުނެވެ. ނަމަވެސް މިހާތަނަށް އެމަނިކުފާނު ފުރައިވަޑައިގެންފައެއް ނުވެއެވެ. ލަންކާގެ ރައީސް ފުރައިވަޑައިތުމަށް ޕްރައިެވޓް ޖެޓެއް ހަމަޖައްސައިދެއްވުމަށް ސިވެހި ސަރުކާރުގައި އެދިފައިވާކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް ސަރުކާރުން ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ލަންކާގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތުގައި ލަންކާގެ ރައީސް ރާއްޖެއިން ފުރައިވަޑައިގަތުމަށް ޕްރައިވެޓް ޖެޓެއް މިހާރު އޮތީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައެވެ. އަދި މިއަދު މެންދުރު ކުރިން އެމަނިކުފާނު ފުރައިވަޑައިގަންނަވާނެއެވެ.

ގޮޓަބަޔާ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ސިންގަޕޫރަށެވެ. އެޤައުމުން ގޮޓަބަޔާއަށް ހިމާޔަތްދީފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އަދި އެޤައުމަށް ވަޑައިގަތުމަށްފަހު ރައީސްކަމުން އިސްތިއުފާދެއްވާނެކަމަށްވެސް މިޑިއާއިން ބުނެއެވެ.

ލަންކާގެ ރައީސް އިއްޔެ އިސްތއިުފާދެއްްވާނެކަމަށް ވިދާޅުވިނަމަވެސް މިހާތަނަށް އިސްތިއުފާދެއްވާފައެއް ނުވެއެވެ. ނަމަވެސް ރައީސްކަމުގެ ބާރުތައް ވަނީ ބޮޑުވަޒީރާ ހަވާލުކުރައްވާފައެވެ.

ސްރީލަންކާގެ އިޤްތިޞާދީ ހާލަތާ ގުޅިގެން ވެރިރަށް ކޮލަމްބޯގައި ފެށި މުޒާހަރާތަކުގެ ބައިވެރިން ރިޔާސީ ގަނޑުވަރަށް ވަދެ އެ ތަން ހިސާރު ކުރުމާ ގުޅިގެން ރާޖަޕަކްސަ ވަނީ އިސްތިޢުފާ ދެއްވައި، އައު ސަރުކާރެއް އެކުލަވައިލުމަށް ފުރުޞަތު ދެއްވާނެ ކަމުގައި ވިދާޅުވެފައެވެ. ނަމަވެސް، އޭގާ ކުރިން، އޭނާ މި ވަނީ ފިއްލަވައިގެން ފުރާވަޑައިގަންނަވާފައެވެ. އޭނާއާއެކު އަނބިކަނބަލުންނާއި ދެ ހަށިފާރަވެރިން ދަތުރު ކުރި ކަމުގައި ރޮއިޓަރސްއިން ބުނެފައިވެއެވެ.

ސްރީލަންކާގެ ބޭރު ފައިސާގެ ރިޒާވް ހުސްވެ، އެ ޤައުމުގެ އިޤްތިޞާދު ފުން ވަޅުގަނޑަކަށް ވެއްޓިފައި މި ވަނީ ރާޖަޕަކްސަގެ ޢާއިލީ ވެރިކަމުގެ ނާގާބިލު ކަމުން ކަމުގައި ސްރީލަންކާގެ ގިނަ ރައްޔިތުން ދެކެއެވެ. އެ ޤައުމުން ތެލާއި ކާބޯތަކެތީގެ ބާވަތްތައް ހުސްވެ، އެ ތަކެތި ހޯދުމަށް އެ ޤައުމުގެ ރައްޔިތުން ދަނީ ބޮޑެތި ތަކުލީފުތަކެއް އުފުލަމުންނެވެ. މިކަމާ ގުޅިގެން ހުކުރު ދުވަހު ފެށި ސިލްސިލާ މުޒާހަރާތަކާ އެކު މުޒާހަރާގެ ބައިވެރިން ވަނީ ރިޔާސީ ގަނޑުވަރާއި ބޮޑުވަޒީރުގެ ގެކޮޅަށް ވެސް ވަދެ އެ ތަންތަން ހިސާރު ކޮށްފައެވެ.

ސްރީލަންކާގެ ހާލަތު ގޯސްވެ ކުރިމަތިވި ފާޑުކިޔުންތަކާއި މުޒާހަރާތަކާ ގުޅިގެން ރައީސް ގޮތަބަޔާ ރާޖަޕަކްސްގެ ބޭބޭފުޅު މަހިންދަ ރާޖަޕަކްސް ވަނީ މޭ މަހުގެ ތެރޭގައި ބޮޑުވަޒީރުގެ މަޤާމުން އިސްތިޢުފާ ދެއްވާފައެވެ. އޭނާ މި ވަގުތު ހުންނެވީ ކޮލަމްބޯގައެވެ. އަދި، ކުރީގެ މާލީ ވަޒީރު ކަމުގައިވާ ބަސިލް ރާޖަޕަކްސަ ފިއްލަވައިގެން ޤައުމު ދޫކޮށް ވަޑައިގަންނަވަން އުޅެނިކޮށް ވަނީ ހުއްޓުވާފައެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ