މިހާލަތުގައި ލަންކާގެ ރައްޔިތުންނަށް އެއްވެސް ބަޔަކު ޚިޔާނާތްތެރި ވެގެން ނުވާނެކަމަށް ރާއްޖޭގެ ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން ވިދާޅުވެއްޖެއެވެ.
ރައީސް ވަހީދު މިހެން ވިދާޅުވީ، ލަންކާގެ ރައީސް އިސްތިއުފާ ދެއްވުމަށް އެޤައުމުގެ އެތައް ހާސް ރައްޔިތުން ކުރަމުންދާ މުޒާހަރާގައި ނަތީޖާ ނެނެރެވެނީސް ލަންކާގެ ރައީށް ފިއްލަވައިގެން ރާއްޖެ ވަޑައިގަތުމަށް ޖާދަގީ ރާއްޖެއިން ޢަމަލުކޮށްފައިވަ ގޮތާއިމެދު ކަންބޮޑުވުން ފާޅު ކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ.
ރައީސް ވަހީދު ވިދާޅުވީ، މިހާލަތަކީ ލަންކާގެ އެތައް ރައްޔިތުންނެއް ބިކަ ހާލުގައި ޖެހިފައިވާ ދަނޑިވަޅަކަށްވާއިރު، މިހާލަތުގައި އެރަށްޔިތުންނާއިމެދު އަޅާލުމަކީ ކޮންމެހެން ބޭނުން ތެރިކަމެއްކަމަށެވެ.
ލައްކާގެ ރައްޔިތުން މިހާރު ކުރިމަތިލަމުންދަނީ އެ ގައުމަށް ދިމާވެފައިވާ އެންމެ ދަތި ދުވަސްތަކާއި. ލަންކާ ވެއްޓިފައިވާ އަދަވަޅުން އަރައިގަތުމަށް ރަނގަޅު ލީޑަރެއް ވީހާވެސް އަވަހަށް ބޭނުންވޭ. ދިވެހިން ލަންކާއަށް ބޭވަފާތެރިވެގެން ނުވާނެ.
– ޑރ. ވަހީދު ވިދާޅުވިއެވެ.
ސްރީލަންކާގެ އިޤްތިޞާދީ ހާލަތާ ގުޅިގެން ވެރިރަށް ކޮލަމްބޯގައި ފެށި މުޒާހަރާތަކުގެ ބައިވެރިން ރިޔާސީ ގަނޑުވަރަށް ވަދެ އެ ތަން ހިސާރު ކުރުމާ ގުޅިގެން ރާޖަޕަކްސަ ވަނީ އިސްތިޢުފާ ދެއްވައި، އައު ސަރުކާރެއް އެކުލަވައިލުމަށް ފުރުޞަތު ދެއްވާނެ ކަމުގައި ވިދާޅުވެފައެވެ. ނަމަވެސް، އޭގާ ކުރިން، އޭނާ މި ވަނީ ފިއްލަވައިގެން ފުރާވަޑައިގަންނަވާފައެވެ. އޭނާއާއެކު އަނބިކަނބަލުންނާއި ދެ ހަށިފާރަވެރިން ދަތުރު ކުރި ކަމުގައި ރޮއިޓަރސްއިން ބުނެފައިވެއެވެ.
ސްރީލަންކާގެ ބޭރު ފައިސާގެ ރިޒާވް ހުސްވެ، އެ ޤައުމުގެ އިޤްތިޞާދު ފުން ވަޅުގަނޑަކަށް ވެއްޓިފައި މި ވަނީ ރާޖަޕަކްސަގެ ޢާއިލީ ވެރިކަމުގެ ނާގާބިލު ކަމުން ކަމުގައި ސްރީލަންކާގެ ގިނަ ރައްޔިތުން ދެކެއެވެ. އެ ޤައުމުން ތެލާއި ކާބޯތަކެތީގެ ބާވަތްތައް ހުސްވެ، އެ ތަކެތި ހޯދުމަށް އެ ޤައުމުގެ ރައްޔިތުން ދަނީ ބޮޑެތި ތަކުލީފުތަކެއް އުފުލަމުންނެވެ. މިކަމާ ގުޅިގެން ހުކުރު ދުވަހު ފެށި ސިލްސިލާ މުޒާހަރާތަކާ އެކު މުޒާހަރާގެ ބައިވެރިން ވަނީ ރިޔާސީ ގަނޑުވަރާއި ބޮޑުވަޒީރުގެ ގެކޮޅަށް ވެސް ވަދެ އެ ތަންތަން ހިސާރު ކޮށްފައެވެ.
ސްރީލަންކާގެ ހާލަތު ގޯސްވެ ކުރިމަތިވި ފާޑުކިޔުންތަކާއި މުޒާހަރާތަކާ ގުޅިގެން ރައީސް ގޮތަބަޔާ ރާޖަޕަކްސްގެ ބޭބޭފުޅު މަހިންދަ ރާޖަޕަކްސް ވަނީ މޭ މަހުގެ ތެރޭގައި ބޮޑުވަޒީރުގެ މަޤާމުން އިސްތިޢުފާ ދެއްވާފައެވެ. އޭނާ މި ވަގުތު ހުންނެވީ ކޮލަމްބޯގައެވެ. އަދި، ކުރީގެ މާލީ ވަޒީރު ކަމުގައިވާ ބަސިލް ރާޖަޕަކްސަ ފިއްލަވައިގެން ޤައުމު ދޫކޮށް ވަޑައިގަންނަވަން އުޅެނިކޮށް ވަނީ ހުއްޓުވާފައެވެ.
3 Responses
ބާގީ ވަހީދު ތިވާހަކަ ދައްކަން ރީއްޗެށް ނޫން. ދިވެހި ރާއްޖެ ނުދެކޭވަރުގެ ބޮޑު ގައްދާރެއް ތީ .
ދިވެހި ރަށްޔިތުން ވޯޓަކުން ހޮވާފަހުރި ރައީސަކު ބަގާވާތަކުން ވައްޓާލި ބާގީއަކު ވާހަކަ ނުދައްކާ ހުރިއްޔާ ރަގަޅުވާނީ
ލަންކާރައްޔިތުންނަށްޚިޔާނަތްތެރިވުމައްވުރެﷲގެހުަވަޔަށްޚިޔާނާތްތެރިވުން މާނުރައްކާ މިފަދަކޮއްމެކަމެއްވެސްކުރަނީތިމާގެއަމިއްލައެދުންހައްދުފަހަނައަޅާދާމީހުން މިސާލަކަށް މުދަލާއި ވެރިކަމާއި ރިވެތިއަންހެނުން މިފަދަކަންކަމަށް އެމީހާގެލަގަންދޫކޮށްލެވޭމީހުން