ކަޅުބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރަނީ ދައުލަތުގެ ވަޒީރުން: ބޮންޑޭ

ކަޅުބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރަނީ ދައުލަތުގެ ވަޒީރުން: ބޮންޑޭ

Author
މުޙައްމަދު ޝަޒައިމް
16 ނޮވެމްބަރ 2020 11:51
0

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރު އޮޕަރޭޓް ކުރަމުންދަނީ ދައުލަތުގެ ވަޒީޒުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުން އިބްރާހިމް ރަޝީދު(ބޮންޑޭ) ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދީ ހާލަތު މިހާ ދަށްވެފަިއވާ ހަލަތުގައި ރާއްޖޭގައި ޑޮލަރުގެ ދަތިކަން އިންތިހާއަށް ބޮޑެވެ ޑޮލަރު ލިބުން ދަތިވެފައިވާކަމަށެވެ. ޑޮލަރު ލިބުން ދަތިވެފައިވަނީ ދައުލަތުގެ ވަޒީރުން ކަޅުބާޒާރުގައި ޑޮލަރު ވިއްކައި، ޑޮލަރުގެ މުޢާމަލާތް ކުރާތީކަމަށް ބޮންޑޭ ވިދާޅުވިއެވެ.

އޭނާގެ މިވާހަތަކާއި ގުޅިގެން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުވަނީ ނިޒާމީ ނުކުރާ ނަންގަވައި އެއީ ކޮން ވަޒީރުންތަކެއްތޯ އެގެން ބޭނުންވާކަމަށް ވިދާޅުވެފައެވެ. ނަމަވެސް ބޮންޑޭ އެސުވާލަކަށް ޖަވާބު ދެއްވުމުގެ ބަދަލުގައި އަނެއްކާވެސް ވިދާޅުވެފައިވަނީ ޑޮލަރުގެ ކަޅު ބާޒާރުގައި ވިޔަފާރި ކުރަމުންދަނީ ދައުލަތުގެ ވަޒީންކަމަށެވެ. އޭނާ ވަނީ ބަހުސްގެ މަރުހަލާގައި ބަޖެޓް ހަދާފައިވަނީ ކޯލިޝަނަށް ބުރަވާ ގޮތަށްކަމަށް ވިދާޅުވެ ވަރަށްބޮޑަށް ކޯލިޝަނަށް ފާޑުވިދާޅުވެފައެވެ.

އަޅުގަނޑުމެން މިއުޅެނީ މި ކޯލިޝަނަކުން ސަލާމަތް ނުވެގެން. ބަޖެޓަށް ބަލައިފިނަމަ މަސްވެރިޔަކު ތޮތްޕެއް އަޅައިގެން ހުއްޓާ ގިރުވާނުން އެބަފެނޭ ރީދޫކުލަ، އެނޫނީ މުޅިންވެސް ދެން ފެންނަނީ ކޯލިޝަންގެ ކުލަތައް. އަޅުގަނޑު ދަންނަވާލަން ބޭނުން މިހާރު ދެން ކޯލިޝަން ވެއްޖިއްޔާ ކޯލިޝަނޭ، ރައްޔިތުން ވެއްޖިއްޔާ ރައްޔިންނޭ.

– ބޮންޑޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދައުލަތުން މިއަދު ކަންކަން ކުރަމުންދަނީ އެންމެ ރަނގަޅަށް ނޫންކަމަށެވެ. ޚާއްސަކޮށް ބަޖެޓާއި ކޯލުޝަން ތެރޭގައި ކަންކަންކުރެވޭ ގޮތަށްބަލާއިރު ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ދާތަން ނުފެންނަ ކަމަށެވެ. މިއީ ރައްޔިތުންނަށް ރަނގަޅު ގޮތެއް ނޫންކަމާށާއި، ބައެއް ވަޒީރުންނަށް މަޖިލިސް ހިންގަންޖެހޭ ގޮތްވެސް ކިޔައިދޭ ހިސާބަށް ދިއުމުން ވަޒީރުންގެ ކަންކަން އޮތް ހިސާބު ސާފުވާކަމަށް ވިދާޅުވެ ބޮންޑޭ ވަނީ މަލީހަށް ނުސީދާ ރައްދުތަކެއް ދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.