ބިލެއްފަހީ ޒަމާނީ އިންޖީނުގޭގެ މަސައްކަތް ނިންމާލައިފި

ބިލެއްފަހީ ޒަމާނީ އިންޖީނުގޭގެ މަސައްކަތް ނިންމާލައިފި

Author
މުޙައްމަދު ޝަޒައިމް
16 ނޮވެމްބަރ 2020 09:34
0

ބިލެތްފަހީގައި އިމާރާތްކުރި ޒަމާނީ އިންޖީނުގެ މަސައްކަތް ނިމިފައިވާކަމަށް ފެނަކަ ކޯޕަރޭޝަނުން ހާމަކުރައްވައިފިއެވެ.

ފެނަކައިން މިއަދު ހާމަކޮށްފައިވާ ގޮތުގައި ރަށްރަށުގެ މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި ދުވަސްވީ އިންޖީނުގެތައް ޒަމާނީ ވަސީލަތްތަކާއެކު އެކަހެރި ސަރަހައްދުތަކަށް ބަދަލުކޮށް ތަރައްޤީ ކުރުމުގެ ސިޔާސަތުގެ ދަށުން، ށ. ބިލެއްފަހި އައު އިންޖީނުގެ އިމާރާތް ކުރުމުގެ މަޝްރޫޢުގެ  މަސައްކަތް މިނިފައިވަކަމަށެވެ.

އަތޮޅުތަކުގެ ރަށްރަށުގައި މީހުން ދިރިއުޅޭ ސަރަޙައްދުގައި ހުރި އިންޖީނުގެތައް މީހުން ދިރިނޫޅޭ ސަރަޙައްދުތަކަށް ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިއަހަރުގެ ތެރޭގައި ގިނަ ރަށްތަކުގައި އިންޖީނުގެ ބަދަލުކުރުމުގެ މަސައްކަތް ފެނަކައިން ވަނީ ފަށާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.