ސްރީ ލަންކާގެ އާ ރައީސަކު އައްޔަން ކުރުމަށްޓަކާ ޖުލައިމަހުގެ 15ވަނަ ދުވަހު ގާނޫނުހަދާ މަޖިލިސް އެއްވާނެ ކަމަށާއި، އަދި މިމަހުގެ 20 ވަނަ ދުވަހު ގާނޫނުހަދާ މަޖިލީހުން އާ ރައީސް އައްޔަން ކުރާނޭކަމުގައި ގާނޫނުހަދާ މަޖިލިހުގެ ރައީސް ވިދާޅުވެއްޖެއެވެ.
ސްރީ ލަންކާގެ ގާނޫނުހަދާ މަޖިލިހުން އެގައުމުގެ އާ ރައީސަކު އައްޔަން ކުރުމަށް ތައްޔާރުވަމުން ދަނީ، މިހާރު ސްރީ ލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ ކާރިސާއިން އަރައިގަނެވޭނެ މަގެއް ނުފެނި، ގޮޓަބަޔާ ރާޖަޕަކްސަ އިސްތިއުފާ ދެއްވާނޭކަން އިއުލާން ކުރައްވާފައި ވަނިކޮށެވެ.
ގޮޓަބަޔަ އިސްތިއުފާ ދެއްވާނޭކަން ހާމަ ކުރައްވާފައިވަނީ، މި ހަފްތާގެ ހޮނިހިރު ދުވަހު، އާންމުންގެ އެތައް ބަޔަކު ރިޔާސީ ގަނޑުވަރުތެރެއަށް ވަދެގަނެ، ގަނޑުވަރު އެމީހުންގެ ބާރުގެ ދަށަށް ގެނެސްފައި ވަނިކޮށެވެ.
މިހަފްތާގެ ބުދަ ދުވަހު ގޮޓަބަޔާ މަގާމުން އިސްތިއުފާ ދެއްވަނެކަމަށް ވިދާޅުވެފައި ވާއިރު، ބޮޑުވަޒީރު ރަނިލްވިކްރަމެސިންހަވެސް ވަނީ، އާ ސަރުކާރަކަށް ޖާގަ ދިނުމުގެ ގޮތުން އޭނާވެސް މަގާމުން އިސްތިއުފާ ދެއްވާނޭކަމަށް ވިދާޅުވެފައެވެ.
އަދި، ހުރިހާ ޕާޓީތައް އެކުލެވޭ ސަރުކާރަކަށް ޖާގަ ދިނުމުގެ ގޮތުން، ބޮޑުވަޒީރު ރަނިލްގެ ކެބިނެޓް މިއަދު ވަނީ އިސްތިއުފާ ދެއްވާފައެވެ.
ސްރީ ލަންކާގެ ކެބިނެޓް އިސްތިއުފާ ދީފައި މިވަނީ، މި ހަފްތާގައި އެގައުމުގެ އެތައް ހާސް ރައްޔިތުން، ރިޔާސީ ގަނޑުވަރަށް ވަދެ، އެތަން ހިސޯރު ކޮށްފައި ވަނިކޮށެވެ. ރައީސްއާއި ބޮޑުވަޒީރު އިސްތިއުފާ ދެއްވަންދެން، ރައީސްއާއި ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު މުޒާހިރާކުރާ ފަރާތަކުން ދޫކޮށް ނުލާނެކަމުގައި ވަނީ ބުނެފައެވެ.
ސްރީ ލަންކާގެ ރައީސްއާއި ބޮޑުވަޒީރުގެ ރަސްމީ ގެކޮޅަށް ވަދެގަނެ، އަދި ބޮޑުވަޒީރު ރަނިލްގެ އަމިއްލަ ގެކޮޅު އަންދާލާ ހިނގި ހަމަނުޖެހުންތަކަށްފަހު، ގޮޓަބަޔަ މިހާރު ހުންނެވި ތަނެއް އެގިފައެއް ނުވެއެވެ. ބައެއް މީޑިއޯ ރިޕޯޓުތައް ބުނެފައިވާ ގޮތުގައި ގޮޓަބަޔަ މިހާރު ދިރިއުޅުއްވަމުން ގެންދަވަނީ ސްރީ ލަންކާގެ ނޭވީގެ އަސްކަރީ މަނަވަރެއްގައެވެ.
ގާނޫނުހަދާ މަޖިލީހުގެ ރައީސް ވިދާޅުވެފައި ވަނީ ގޮޓާބަޔަ އިސްތިއުފާ ދެއްވަން މުއްދަތެއް ކަނޑައެޅުއްވީ ވެރިކަމުގެ ބާރުތައް ހަވާލުކުރުމުގެ މަރުހަލާ ކުރިއަށް ގެންދިއުމަށް ކަމުގައެވެ.
ސްރީ ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސައާއި ރަނިލްގެ ގެކޮޅަށް ޢާއްމުން ވަދެގަނެ ބޮޑެތި ގެއްލުންތަކެއް ދީފައިވަނިކޮށް ރަނިލް އިސްތިޢުފާދެއްވަން ނިންމަވާފައިވަނީ އެ ޤައުމުގެ ސިޔާސީވެރިންނާ ބައްދަލު ކުރެއްވުމަށްފަހުއެވެ. އެ ބައްދަލުކުރެއްވުމުގައި ގުޅިފައިވާ ސަރުކާރެއް އެކުލަވާލުމަށްވެސް މަޝްވަރާކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ