މުޒާހިރާ ކުރާ ފަރާތްތަކުން ރައިސް އޮފީސް ކައިރިއަށް ޖަމާވެފަ

ލަންކާގައި ދިރިއުޅޭ ދިވެހިންގެ ހާލު ރަނގަޅު: ފޮރިން މިނިސްޓްރީ

ލަންކާގައި ދިރިއުޅޭ ދިވެހިންގެ ހާލު ރަނގަޅު: ފޮރިން މިނިސްޓްރީ

ގުޅުންހުރި

އަވަށްޓެރި ސުރީ ލަންކާގައި ދިރިއުޅެމުންދާ ދިވެހި ރައްޔިތުން ހާލު ރަނގަޅުކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ސުރީލަންކާގެ އިޤްތިޞާދީ ހާލަތު ގޯސްވެ، ބޮޑެތި ހަމަނުޖެހުންތައް ހިނގަމުންދާއިރު، އެޤައުމުގެ ބޮޑުވަޒީރާއި ރައީސްވެސް އިސްތިއުފާ ދެއްވާނެކަން ވަނީ އިއުލާން ކުރައްވާފައެވެ. ލަންކާ އަކީ ދިވެހިންގެ ތެރެއިން ގިނަ އަދަދެއްގެ ޢާއިލާތަށް ދިރިއުޅެމުންދާ ޤައުމަކެވެ.

ފޮރިން މިނިސްޓްރީގެ ކޮމިއުނިއުކޭޝަން ޑިރެކްޓަރ މިއުވާން މުހައްމަދު ވިދާޅުވީ ލަންކާގައި ދިމާވެގެން އުޅޭ ހާލަތާއި ގުޅިގެން ފޮރިން މިނިސްޓްރީއާއި، ލަންކާގައި ހުންނަ ދިވެހި އެމްބަސީންވެސް ކައިރިން މިކަންކަން ބަލަމުންދާކަމަށެވެ. ލަންކާގެ އިޤްތިޞާދީ ހާލަތާއި، ހުރި ގޮންޖެހުންތައް ލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށްވެސް ވަރަށް ބޮޑަށް ސާފުވާނެކަމަށް މިއުވާން ވިދާޅުވިއެވެ.

ދިވެހިންނަކީ މިފަދަ ހާލަތްތަކުގައި އެޤައުމުތަކުގެ ސަރުކާރުތަކުންނާއި، އަދި ލަންކާގައި ހުންނަ އެމްބަސީން އަންގާ އެންގުންތަކަށް ބޯލަބައި، އަމަލު ކުރަންދާ ބައެއްކަމަށެވެ. މިހާދިސާގައި މިހާތަނަށް އެއްވެސް ދިވެހި ރައްޔިތަކަށް އެއްވެސް ކަމެއް ދިމާވެގެން ރިޕޯޓެއް ލިބިފައި ނުވާކަމަށް މިއުވާން ވިދާޅުވިއެވެ. ނަމަވެސް ސަރުކާރުން ލަންކާގެ ހާލަތު ވަރަށް ކައިރިން ބަލަމުންދާ ކަމަށާއި، އެފަދަ ހާލަތެއް އައިސްފިނަމަ ސަރުކާރުގެ ފުރިހަމަ އެއްބާރުލުން މިހާރުވެސް ލިބޭ ގޮތަށް ލިބިގެންދާނެކަމަށް މިއުވާން ވިދާޅުވިއެވެ.

ސްރީލަންކާގެ ރައީސް ގޮތާބަޔަ ރާޖަޕަކްސައާއި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އިސްތިޢުފާ ނުދެއްވަނީސް، ސަރުކާރާ ދެކޮޅަށް ފަށާފައިވާ މުޒާހަރާތައް ހުއްޓައި ނުލާނެ ކަމުގައި މުޒާހަރާ ރާވައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

މުޒާހަރާތައް ފެށުމުގެ ކުރިން ރާޖަޕަކްސް ވަނީ ފިއްލަވާފައެވެ. އަދި، އިސްތިޢުފާ ދޭން ނިންމެވި ކަން އިޢުލާނު ކުރެއްވުން ފިޔަވައި، ޤައުމުގެ ހާލަތާ ގުޅޭ ގޮތުން އިތުރު ވާހަކަފުޅެއް ދައްކަވާފައެއް ނެތެވެ. ބޮޑުވަޒީރު ވިކްރަމަސިންހަގެ އޮފީހުން ވެސް ހަމައެކަނި ބުނެފައި ވަނީ އޭނާ ވެސް އިސްތިޢުފާ ދެއްވާނެ ކަމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ