ޢަރަފާތު ދުވަހާއި ގުޅިގެން ހެޔޮ އަގެއްގައި ސްކައިފޯލްގައި ޚާއްސަ ރޯދަވީއްލުމެއް

ޢަރަފާތު ދުވަހާއި ގުޅިގެން ހެޔޮ އަގެއްގައި ސްކައިފޯލްގައި ޚާއްސަ ރޯދަވީއްލުމެއް

Author
މުޙައްމަދު ޝަޒައިމް
08 ޖުލައި 2022 02:48
0

މާތް ވެގެންވާ ޢަރަފާތު ދުވަހާއި ގުޅިގެން ޚާއްސަ ހެޔޮ އަގެއްގައި ރޯދަ ވީއްލުމެއް ބޭއްވުމަށް ސްކައިފޯލް ރެސްޓޯރެންޓުން ނިންމައިފިއެވެ.

ގިނަ ބައެއްގެ މަގުބޫލުކަމެއް ހޯދާފައިވާ ސްކައިފޯލް ރެސްޓޯރެންޓުން ރޯދަ ވީއްލުމެއް އިންތިޒާމު ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ މިފަދަ ރޯދަތަކަށް ޚާއްސަކޮށްގެން ރެސްޓޯރެންޓުތަކާއި، ކެފޭތަކުގައި އިންތިޒާމުތަކެއް ނުހުންނާތީ ގިނަ ބަޔަކަށް އެކަމުގެ ފަސޭހަކަން ފަހިކޮށް ދިނުމުގެ ބޭނުމުގައެވެ.

ރަމަޟާން މަސް ފިޔަވައި އަހަރުގެ އެހެން ދުވަސްތަކުގައި އަންނަ މާތް ސުންނަތް ރޯދަތަކާއި ގުޅިގެން ރޯދަ ވީއްލުމުގެ އިންތިޒާމު ވީހާވެސް ރަނގަޅަށް ހަމަޖެއްސުމަކީވެސް ސްކައިފޯލްގެ އަމާޒެކެވެ. ހެންވޭރުކޮޅު ރާޅުގަނޑާއި، ބްރިޖްގެ ހިތްގައިމު ވިއު ހިމެނޭ ސަރަހައްދުގައި ހުންނަ ސްކައިފޯލްއަކީ ގިނަ ބައެއްގެ ޝައުގުވެރިކަން ހުންނަ ރެސްޓޯރެންޓެކެވެ.

ސްކައިފޯލް ރެސްޓޯ ރެންޓު

ރޯދަ މަހުގައި ރީދަވީއްލުން ހަމަޖައްސާ އަށްވުރެއް މާބޮޑަށްވެސް ހެޔޮކޮށް މިއަދުގެ ރޯދަ ވީއްލުމުގެ އަގުތައް ވަނީ ކަނޑައަޅާފައެވެ. މިއަދުގެ ރޯދަ ވީއްލުމުގައި އަގަކަށް ކަނޑައަޅާފައިވަނީ މީހަކަށް 85 ރުފިޔާއެވެ.

ސްކައިފޯލްގެ ޢަރަފާތު ދުވަހުގެ ޚާއްސަ ރޯއްދަވީލުމުގެ މެނޫ،

އަރަފާތު ދުވަސް ހަނދާންކޮށްދެނީ ރަސޫލާގެ ޙައްޖަތުލް ވަދާޢުއެވެ. ޚުތްބަތުލް ވަދާއުގައި، މުސްލިމް ޢުއްމަތަށް އެތައް ނަސޭހަތެއް ދޫކުރެއްވިއެވެ.

ކީރިތި ޤުރުޢާނުގެ އަލް މާއިދާ ސޫރަތުގެ 3ވަނަ އާޔަތްވެސް ބާވައިލެއްވުނީ މާތްވެގެންދާ ޙައްޖު ދުވަހު، އެ މާތް ބިމުގައެވެ. މި އާޔަތުގެ މާނައިގައިވެއެވެ. "މިއަދު ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށްޓަކައި ތިޔަބައިމީހުންގެ ދީން ފުރިހަމަ ކޮށްދެއްވައި ތިމަރަސްކަލާނގެ ނިޢުމަތް ފުރިހަމަކޮށްދެއްވައިފީމެވެ. އިސްލާމް ދީނަކީ ތިޔަބައިމީހުން ދިރިއުޅުމަށް ތިމަންރަސްކަލާނގެ ރުއްސަވާ ދީންކަމުގައި ލައްވައިފީމެވެ."

މި އާޔަތް ބާއްވައިލެއްވުނީ ރަސޫލާ ޞައްލަﷲ އަލައި ވަސައްލަމް، މާތްވެގެންވާ އަރަފާތު ބިމުގައި ހުންވަނިކޮށެވެ. އަދި މިއާޔަތްވެސް ބާވައިލެއްވުނީ، ޙައްޖު ހުކުރު ދުވަހެއްގައެވެ. މިއަހަރުގެވެސް ޙައްޖު ދުވަސް ފާހަގަކުރަނީ މުސްލިމުންގެ ޢީދު، ހުކުރު ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.