މޫސުން ގޯސްވެ މުޅި ރާއްޖެއަށް ވައިޓް އެލަރޓް ނެރެފިއެވެ.
ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވައިޓް އެލަރޓް ނެރެފައިވަނީ މިއަދު ހެނދުނު 8:00 އިން ފެށިގެން މެންދުރު 14:00 އަށެވެ. ބޯކޮށްވާރޭ ވެހޭނެކަމަށް ލަފާ ކުރާއިރު ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.

މެޓް އޮފީހުން މިދިޔަ ހަފްއާއިން ފެށިފެން ރާއްޖޭގެ މޫސުން ގޯސްވާނެކަމަށް ލަފާކޮށް އެކި ސަރަހައްދުތަކަށް ވައިޓް އެލާޓާއި، ޔެލޯ އެލާޓް ދަނީ ނެރެމުންނެވެ. މޫސުން ގޯސްވާނެތީ ހުރިހާ ރައްޔިތުންވެސް ޚާއްސަކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.
ކޮމެންޓު ފޮނުވާ